Advertisement

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ޙަސަން އަފީފް، ރިޔާސަތުގައި އިންނަވައި ފޯނު ނަންގަވަނީ --

14 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ ރިޔާސަތުގައި ނުއިންނަވައި ރައީސް ނަޝީދު ރިޔާސަތަށް ނުފޫޒު ފޯރުއްވަވަނީ

މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވާކަމަށް ވިދާޅުވުމަށް ފަހު، ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތަށް ނުފޫޒު ފޯރުވާކަަމަށް ވިދާޅުވެ އެމްޑީޕީގެ މެމްބަރުން ތުހުމަތުތައް ކުރައްވައިފިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް ރައީސް ނަޝީދު އުޒުރުވެރިވެވަޑައިގެންފައި ވަނީ، 54 މެމްބަރުން ސޮއެކުރައްވައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވާތީ ކަމަށް ވިދާޅުވުމަށް ފަހުގައެވެ. އެމްޑީީޕީގެ މެމްބަރުން ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާނުލައްވައި ރައީސް ނަޝީދު ހިފަހައްޓަވާފައި ވުމާއި، މަޖިލީހުގެ ނައިބު ރައީސް އިވާ ޢަބުދުﷲ ގެ އިތުބާރުނެތްކަމުގެ މައްސަަލަ 50 މެމްބަރުން ސޮއެކުރައްވައި މަޖިލީހަށް ހުށައެޅުއްވުމުންވެސް އެމައްސަލައިގެ ވޯޓު ނެގިޔަ ނުދިނުމަށް ނޫފޫޒު ފޯރުއްވަވަމުން ގެންދިޔުމާއި ގުޅިގެންނެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔަ ނުދީ ހުއްޓުވާފައި އޮތީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ފިކުރެއްގެ ދިރުމުގައި މަސައްކަތްކޮށް އަދި މިހާރު ދަ ޑިމޮކްރެޓްސްގެ ނަމުގައި ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ހޯދައި ދިނުމަށް އުފައްދާން އުޅޭ މެމްބަރުންނެވެ. 

މަޖިލީހުގެ ޖަލްސާގައި ކޮމިޓީތަކުގެ މައްސަލައަށް ހައްލު ހޯދުމަށް ތަޅުމަށް ހުށައަޅައިގެން ކުރިޔަށް ގެންދިޔުމަށް މިއަދު މަސައްކަތް ކުރި ނަމަވެސް އެމައްސަލަ ކުރިޔަށް ގެންދިޔަ ނުދީ ހުރަސް އެޅުއްވީ ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާ މެމްބަރުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް އިންނެވި އިރު މަޖިލީހުގެ ނިޒާމް ހަމަޖައްސަވައިގެން، މައްސަލަ ކުރިޔަށް ގެންދަން މަސައްކަތް ކުރި ތަނެއް ނުފެނެއެވެ. މެމްބަރު ޙަސަން އަފީފަކީވެސް ރައީސް ނަޝީދަށް ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމުން ރައީސް ނަޝީދާއިއެކު ފިކުރެއްގެ ދިރުން ފެކްޝަންގައި ހިމެނޭ އަދި މިހާރު ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާ މެމްބަރެކެވެ.

މިއަދުގެ ޖަލްސާ ރިޔާސަތުގައި އިންނެވި ހަސަން އަފީފް ޖަލްސާ ނިންމަވާލެއްވީ، ކޮންވެސް ބޭފުޅަކު ފޯނު ކުރައްވައި އަފީފުއަށް ޖަލްސާ ނިންމަވާލެއްވުމަށް އެންގެވުމުންނެވެ. އޭރު ޖަލުސާ ގެންދިޔުމަށް ހުރަސް އަޅުއްވައިގެން ތިއްބެވީ، ރައީސް ނަޝިދަށް ރިޔާސީ ޓިކެޓެއް ހޯއްދަވައި ދެއްވުމަށް އުފައްދާ ކަމަށް ބެލެވިފައިވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ. 

އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި އަފީފަށް ފޯނު ކުރައްވައި ޖަލްސާ ނިންމަވާލެއްވުމަށް އަންގަވާފައި ވަނީ ރައީސް ނަޝީދެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.