Advertisement

މުޙައްމަދު އަބްދުއް ސައްތާރު، ފޮޓޯ: މިހާރު

14 Feb 2024
ކުޅިވަރު

އައިއޯއައިޖީގެ އޮގަނައިޒިން ކޮމެޓީގެ ނައިބް ރައީސަކަށް އަނެއްކާވެސް ސައްތާރު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އޮގަނައިޒިން ކޮމެޓީ (ސީއައިޖޭ)ގެ ދެވަނަ ނައިބު ރައީސަކަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު އަބްދުއް ސައްތާރު އަނެއްކާވެސް އިންތިހާބުކޮށްފިއެވެ

އައިއޯއައިޖީގެ ސީއައިޖޭގެ ނައިބް ރައީސްގެ މަގާމަށް ސައްތާރު ދެވަނަ ދައުރަކަށް އިންތިހާބުވިކަން އިއުލާންކުރީ ކޮމޮރޯސްގައި ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައެވެ. މި މަގާމަށް އެންމެ ފުރަތަމަ ސައްތާރު އިންތިހާބުކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރުއެވެ. އޭރުވެސް ސައްތާރު ހުރީ އޮލިމްޕިކްސް ކޮމެޓީގެ ރައީސްގެ މަގާމުގައެވެ. އޮލިމްޕިކްސް ކޮމެޓީގެ ރައީސްގެ މަގާމާއި ސައްތާރު ހަވާލުވީ 2021 ވަނަ އަހަރުއެވެ.

އައިއޯއައިޖީގެ ސީއައިޖޭގެ ނައިބް ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ސައްތާރު އިންތިހާބުވުމާ ގުޅިގެން މޯލްޑިވްސް އޮލިމްޕިކްސް ކޮމެޓީއިން ވަނީ ސައްތާރަށް މަރުހަބާ ކިޔާފައެވެ. އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ ކޮމެޓީއިން އުއްމީދުކުރަނީ ސީއައިޖޭ އާއި ގުޅިގެން އިންޑިއަން އޯޝަން ސަރަހައްދުގައި ހިމެނޭ ގައުމުތަކުގައި ކުޅިވަރު އިތުރަށް ކުރިއަރައިގެން ދާނެ ކަމަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.