Advertisement

12 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ކެންސަރުން އެނބުރި އައިސް ހާލާ އައިވޮރީ ކޯސްޓަށް އެފްކޮން ކާމިޔާބުކޮށްދީފި

ޖަރުމާނުގެ ބޮރޫޝިއާ ޑޯޓުމަންޑަށް ކުޅެމުން އަންނަ ސެބަސްޓިއަން ހާލާގެ ގޯލަކުން، މުބާރާތް ބާއްވާ އައިވޮރީ ކޯސްޓުން އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ކާމިޔާބުކޮށްފިއެވެ.

މީގެ 18 މަސް ކުރިން ކެންސަރު ޖެހިގެން ކުޅުމާ ދުރަށް ދާންޖެހުނު ހާލާ، އޭގެ 5 މަސް ފަހުން ބަލިން ފަސޭހަވެ އޭނާ އޭރު ކުޅެމުންދިޔަ ޑޯޓުމަންޑު ޓީމާ އަނބުރާ ގުޅުނެވެ. އޭނާގެ އެންމެ އުނދަގޫ ދުވަސް ދުވަސްތަކުގައި ވެސް މަސައްކަތްކުރީ ފުޓުބޯޅަ ކުޅުން ހުއްޓައިނުލާ ކުރިޔަށް ދިއުމަށް، އަވަހަށް ބަލިން ފަސޭހަވުމަށެވެ.

އަބިޖާންގެ ސްޓޭޑް އެލެސޭން އޮއްޓާރާ ސްޓޭޑިއަމްގައި އައިވޮރީ ކޯސްޓުން މި މެޗު ކާމިޔާބުކުރީ، ނައިޖީރިއާ 2-1 އިން 59،000 އަށް ވުރެން ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ބަލިކުރުމަށްފަހުއެވެ.

ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާ، މޮޅަށް ކުޅުނީ އައިވޮރީ ކޯސްޓު ނަމަވެސް، ލިބުނު ކޯނަރެއްގެ ބޭނުން ހިފައި މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ނައިޖީރިއާއިންނެވެ. އެއީ އެ ޓީމުގެ ކެޕްޓަން އަދި ސެންޓްރަލް ޑިފެންޑަރު ވިލިއަމް ޓްރޫސްޓް-އިކޯންގު ބޮލުން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ނައިޖީރިއާ ކުރީގައި އޮވެގެނެވެ.

އައިވޮރީ ކޯސްޓުން ދެވަނަ ހާފު ހަމަލާތައް އިތުރަށް ވަރުގަދަކުރިއެވެ. އެ ޓީމުން އުފައްދަމުން ދިޔަ ހަމަލާތަކުގެ އެންމެ އަޑީގައި ހުރީ ވާތް ފަރާތުން ކުޅެމުން ދިޔަ ސައިމޮން އެޑިންގްރާއެވެ. އައިވޮރީ ކޯސްޓުން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބު ކުރުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް އޭނާއެވެ.

އައިވޮރީ ކޯސްޓުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ 62 ވަނަ މިނެޓުގައި ފްރެންކް ކެސީއެވެ. އޭގެ ވިއްސަކަށް މިނެޓު ފަހުން މެޗުގެ 81 ވަނަ މިނެޓުގައި އައިވޮރީ ކޯސްޓު ލީޑު ނެގީ ސެބަސްޓިއަން ހާލާގެ ގޯލުންނެވެ.

މިއީ އައިވޮރީ ކޯސްޓުން މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

އައިވޮރީ ކޯސްޓުން ފައިނަލަށް ކުރި ދަތުރަކީ ވަރަށް ތާރީހީ ދަތުރެކެވެ. މުބާރާތުގެ ކުރީކޮޅު އެ ޓީމަށް ރަގަޅު ނަތީޖާތަކެއް ނުނެރެވުމުން، ޓީމުގެ ހެޑު ކޯޗު ވަނީ މަގާމުން ދުރުކޮށްފައެވެ. ތިން ވަނައަށް ދާ ޓީމުތަކަށް ލިބޭ ފުރުސަތުގެ ތެރެއިން ލިބުނު ހަނި ފުރުސަތުގައި އެ ޓީމު ގަދަ 16 އަށް ދަތުރުކުރީ ހަމަކިރިޔާއެވެ. ނަމަވެސް އެމީހުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލް ވެސް މުބާރާތުން ކަޓުވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.