Advertisement

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުން -- ފޮޓޯ: ވިޒިޓް މޯލްޑިވްސް

11 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ފަތުރުވެރިކަމުގެ ތާރީޚީ ރެކޯޑެއް، އެއް ދުވަހެއްގައި 10 ހާސް ފަތުރުވެރިން!

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއްދުވަހެއްގައި އައި ފަތުރުވެރިންގެ އަދަދު ދިހަ ހާހުން މައްޗަށް އަރާނެ ކަމުގައި ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖެއަށް 10،213 ފަތުރުވެރިން ޒިޔާރަތްކުރާނޭ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވަނީ ވިދާޅުވެފައެވެ. 

ހުސްވި ހަފްތާގައި ވެސް ވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 8000 އިން މައްޗަށް އަރައި ފަތުރުވެރިކަމުގެ އައު ރެކޯޑެއް ޤާއިމްކުރެވިފައެވެ.

ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ރެކޯޑް މިންވަރަކަށް މަތިވާން މިފެށީ، ކޯވިޑުގެ ފުރަބަންދުތަކަށް ފަހު، ޗައިނާ އާއި ޔޫރަޕުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފެށުމުންނެވެ.

ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަމަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ، ޗައިނާއިންނާއި ޔޫރަަޕްގެ ޤައުމެއް ކަމުގައިވާ އިޓަލީންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ ދެ ލައްކައަށްވުރެ މައްޗަށް ގޮސްފައެވެ.

ކޯވިޑަށްފަހު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުން އައީ އިންޑިއާއިން ކަމުގައި ވީނަމަވެސް، އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމާއި، ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާގައި ހިންގަމުން އަންނަ ކެމްޕޭންތަކާއި ގުޅިގެން އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަން މަދުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.