Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

11 Feb 2024
ޚަބަރު

ހައްޖުގެ އަޅުކަމަށް ޖާގަ ދޭނެކަމަށް ބުނެ ހައްޖު ކޯޕަރޭޝަނުންގެ ނަމުގައި ސްކޭމް ކޯލްތަކެއް

މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ ފައިސާ ޖަމާކުރުމަށް އެދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ކުރާ ފޯން ކޯލުތަކަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެ ކޯޕަރޭޝަންގެ ނަމުގައި ފަހަކަށް އައިސް ޙައްޖާއި ގުޅުވާގެން ސްކޭމް ކޯލުތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ ކޯލުތަކުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ކަށަވަރުކުރުމަށްޓަކައި ފައިސާ ޖަމާކުރުމަށް އެދެމުންދާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. ހަމައެއާއެކު ފައިސާ ޖަމާކުރުމަށް އެދެނީ އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ކަމަށާއި އަމިއްލަ ފަރުދެއްގެ އެއްވެސް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ޙައްޖު ކޯޕަރޭޝަނުން ނާންގާނެކަމަށްވެސް، އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާދައްކަން ޖެހޭނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައިވާ ބޭންކު އެކައުންޓުތަކަށް އެކަނި ކަމަށެވެ.

ހައްޖަށް ގެންދަން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ 1،000 ހައްޖު ކޯޓާގައި ދިވެހިން ހައްޖަށް ގެންދިއުމުގެ ފުރުސަތު މިހާރު އޮންނަނީ ހަމައެކަނި ސަރުކާރުގެ ކުންފުނި ހައްޖު ކޯޕަރޭޝަނަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.