Advertisement

11 Feb 2024
ކުޅިވަރު

ބެޔާން މިއުނިކް ބަލިކޮށް ލެވަކޫސެން އިން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި

ޖަރުމަނުގެ ބުންޑަސްލީގާގައި ރޭ ބެޔާން ލެވަކޫސެންއިން ބެޔާން މިއުނިކް ބަލިކޮށް، އެ ޓީމުން ލީގުގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ލެވަކޫސެންގެ ބޭއެރީނާގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 އިންނެވެ.

ލެވަކޫސެން ލީޑު ނެގީ މެޗުގެ ވަރަށް ކުރީކޮޅުއެވެ. އެއީ ބެޔާނުން ލޯނު އެއްބަސްވުމެއްގެ ދަށުން ލެވަކޫސަންއަށް ބަދަލުވި ޖޮސިޕް ސްޓެނިސިޗް 18 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލެކެވެ. މިއީ ލެވަކޫސެންގެ ޖާޒީގައި އޭނާ ކުޅެންއެރި ފުރަތަމަ މެޗު ވެސް މެއެވެ.

ލެވަކޫސެން އިން ދެވަނަ ގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގެ 4 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުގެ ފަހަތަށް ކުޅޭ އަލެހާންޑްރޯ ގްރިމާލްޑޯ ބެޔާންގެ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ލެވަކޫސަންގެ ފަހު ގޯލު ކާމިޔާބުކުރީ ފަހު ހާފު ކުޅެން ނިކުތް ޖެރެމީ ފްރިމްޕޮންގްއެވެ. މި ގޯލު ފެނިގެން ދިޔައީ މެޗުގެ އިތުރު ވަގުތުއެވެ.

މި މޮޅާ އެކީ 21 މެޗުން ލިބުނު 55 ޕޮއިންޓާއެކު ލެވަކޫސެން އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ބެޔާނަށް 21 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.