Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

10 Feb 2024
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަޒީފާ ހޯދުމަށް ފެސްޓިވަލެއް ބާއްވަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޚާއްސަ ފެސްޓިވަލެއް ބޭއްވުމަށް ނިންމަވާފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސްކޫލް ނިމިގެން ނިކުންނަ ނުކުޅަދުންތެރިކަން ހުންނަ ދަރިވަރުންނަށް މުޖްތަމައުގެ ތެރޭގައި މިހާރު ގިނަ ފުރުސަތުތަކެއް ފަހިވެފައިނުވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ފޭސްބުކް މެދުވެރިކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު އައިޝަތު ޝިހާމް ވިދާޅުވީ، ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް ކިޔެވުމަށް ނުވަތަ ވަޒީފާތަކަށް ވަނުމުގެ ފުރުސަތު ހޯދައިދޭން ޚާއްސަ އިންތިޒާމެއްގެ ތެރެއިން މަސައްކަތްކުރަންޖެހޭކަމަށެވެ.

"ސަރުކާރުގެ ގިނަ އޮފީސްތަކާއި މުވައްސަސާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށް އިންތިޒާމްތައް ހަމަޖެހިފައިނުވޭ. އަދި މިކަން ރަނގަޅުކޮށް ހުރިހާ ފަރާތްތަކަށްވެސް ފަސޭހައިން އުޅެވޭނެ ފަދަ މާހައުލަކަށް މަސައްކަތުގެ މާހައުލު ހެދުމަށްޓަކައި ސަރުކާރުން އިތުރަށް މަސައްކަތްކުރާނެ." ވަޒީރު ވިދާޅުވިއެވެ.

މީގެކުރީގެ ސަރުކާރުތަކުންވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަޒީފާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ބައެއް ސަރުކާރު އޮފީސްތަކުގައި އެފަދަ ކުދިން ވަޒީފާ އަދާކުރަމުންވެސް ދެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.