Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

06 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އިޤުތިޞާދީ ދަތިކަމުގެ ސަބަބުން އަތޮޅުތަކުގެ ރަށްރަށް ތަރައްޤީކުރެވެން ނެތްކަން ރައީސް ފާހަގަކުރައްވައިފި

އިޤުތިޞާދީ ދަތިކަމުގެ ސަބަބުން އަތޮޅުތަކުގެ ރަށްރަށުގެ ތަރައްޤީއަށް ކުރަން ހުރި ކަންކަން ކުރެވެން ނެތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި އަތޮޅުތަކުގެ ރަށްރަށަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ކޮޅުމަޑުލު ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކޮޅުމަޑުލު ދިޔަމިގިއްޔަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ. މުޢިއްޒު ވަޑައިގެން އެރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވަޢުދުވެ ވަޑައިގެންނެވި ނަމަވެސް، މިއަދު ދިޔަމިގިލީގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވިދާޅުވީ، ޤައުމުގެ އިޤުތިޞާދީ ޙާލަތު އޮތް ގޮތް މުޅިރާއްޖޭގެ ތަރައްޤީއަށްވެސް ހުރަހަކަށް ވެފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރު އައުމަށްފަހުގައި ރަށްރަށުގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ހުއްޓިފައި އޮތުމުން އަލުން ފެށިކަމަށާއި އެހެންނަަމަވެސް އެކަންކަންވެސް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދަނީވެސް އިޤުތިޞާދީ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް މިހާރު ސަރުކާރުން ހިންގާ އިޤުތިޞާދު ރިފޯމް ކުރުމުގެ ކަންކަމާއިއެކު ދައުލަތުގެ އާމްދަނީ އިތުރުކުރެވިގެން ދިޔުމުން، މާލަސްތަކެއް ނުވެ ރަށްރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ވެސް ކުރެވިގެންދާނެ ކަމަށެވެ. އަދި ދިޔަމިގިލީގެ ތަރައްޤީއަށް ކުރުމަށް އެންމެ މުހިއްމު ކަންކަން މަޝްވަރާކުރެއްވުމަށްފަހު ތަރުތީބު ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ދިޔަމިގިއްޔަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވާނެ ކަމަށާއި، ދިޔަމިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ އިޤުތިޞާދީ ޙާލަތު އަތޮޅުތަކުގެ ތަރައްޤީއަށް ހުރަހަކަށްވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއިރު، މިސަރުކާރު އައި ފަހުން ދައުލަތުގެ މާލިއްޔަތަށް އާމްދަނީ އިތުރުވާނެ ގޮތްތައް ނުހޯއްދަވައި، މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ވަނީ ޢިއުލާނު ކުރައްވާފައެވެ. އަދި ކޮޅުމަޑުލު ގުރައިދޫ އާއި ދާދިކައިރިން ތިމަރަފުށީގައި އެއާޕޯޓެއް އޮތް އިރު، މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތް ނަމަވެސް ގުރައިދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.