Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް -- ފޮޓޯ: ރައީސް އޮފީސް

06 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫގެންޑާއަށް ކުރެއްވި ދަތުރުފުޅަށް މިލިޔަނެއްހައި ރުފިޔާ ޚަރަދުވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު، ޔޫގެންޑާއަށް ކުރެއްވި ދަތުރުފުޅަށް މިލިޔަނެއްހައި ރުފިޔާ ޚަރަދުވި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދު ތަފްސީލް ހާމަކުރުމަށް މިސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިއަދު ރާއްޖޭގެ މީޑިއާތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިއްޞާކުރި މައުލޫމާތުގައިވާ ގޮތުން، އެދަތުރުފުޅަށް، ޖުމުލަ 983،032.13ރ (ނުވަ ލައްކަ އައްޑިހަ ތިންހާސް ބައްތިރީސް ރުފިޔާތ ތޭރަ ލާރި) ޚަރަދުވެފައި ވެއެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައި ވަނީ ދަތުރުފުޅުގެ ޓިކެޓަށެވެ. މިގޮތުން 7 ބޭފުޅުން ޓިކެޓް ޚަރަދަށް އެކަނިވެސް، 650،847.36ރ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ދަތުރުފުޅުގައި ވަޑައިގެންނެވި 7 ބޭފުޅުންނަށް ޕޮކެޓްމަނީގެ ގޮތުގައި ލައްކައެއްހައި ރުފިޔާ ވަނީ ދެއްވާފައެވެ.

ޖެނުއަރީ މަހުގެ 17 އިން 23އަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ޔޫގެންޑާއަށް ކުރެއްވި ދަތުރުފުޅަކީ، 19 ވަނަ ނާމް ސަމިޓާއި، "ގުރޫޕް އޮފް 77 އެންޑް ޗައިނާ"ގެ 3ވަނަ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.