Advertisement

ޕީއެސްއެމްގެ ސްްޓޫޑިއޯއެއް --

05 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އިސްލާމީ ޓީ.ވީ. ޗެނަލެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އިސްލާމީ ޓީވީ ޗެނަލެއް އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން މަޖިލީހަށް ހުށައަޅުއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމީ ޓީވީ ޗެނަލެއް އުފައްދަވަނީ، ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުވުމާއި، އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށެވެ. 

މިހާރުވެސް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދަށުން، 3 ރޭޑިއޯ ޗެނަލާއި، 6 ޓީވީ ޗެނަލް އޮތް އިރު، މުންނާރުގެ ނަމުގައި ދީނީކަންކަމަށް ޚާއްޞަ ޗެނަލެއް ޕީއެސްއެމްއިން އައީ ހިންގަމުންނެވެ. މީގެ އިތުރުން އިސްލާމިކް ސްޓޫޑިއޯގެ ނަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެމިނިސްޓްރީގައިވެސް ސްޓޫޑިއޯއެއް އަންނަނީ ހިންގަމުންނެވެ. އެނގިފައިވާ ގޮޮތުގައި އައު ޓީވީޗެނަލް ހެދުމަށް މަސައްކަތް ކުރަމުން ދަނީވެސް އިސްލާމިކް މިނިސްޓްރީންނެވެ.

ދައުލަތުގެ މީޑިއާއަށް ކުރަންޖެހޭ ހޭދަތައް ބޮޑުވެފައިވާތީ، އެކަމުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ދައުލަތުގެ މީޑިއާއާއި ވަކިން އަނެއްކާވެސް ސަރުކާރުން ޓީވީޗެނަލެއް ހަދާނަމަ އެކަމަކީ، ފައިސާ އާއި ވަސީލަތް އިސްރާފުވުންކަމުގައި، އިދިކޮޅު މަޖިލިސް މެމްބަރުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.