Advertisement

03 Feb 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ޖަންގަލީގައި ރޯވެ އަނދަމުންދާތީ ޗިލީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ޗިލީގެ މެދުތެރެއަށްވާ ގޮތަށް، ޖަންގަލީގައި ރޯވެ އަނދަމުންދާ ނުރައްކާތެރި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ. އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށްފައިވަނީ މިއަދުއެވެ. މި ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާލަތާ ގުޅިގެން ޗިލީގެ ރައީސް ގެބްރިއަލް ބޮރިޗް، "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އެ ގައުމުގެ ދިފާއީ ހުރިހާ ބާރުތަކެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހުކުރު ދުވަހު ރޯވެ ފެތުރެންފެށި މި އަލިފާންގަނޑުގައި މިހާތަނަށް އެތައް ހާސް ހެކްޓަރެއް އަނދާފައިވާއިރު، އައްސޭރި ފަށުގައި ހިމެނޭ ސިޓީތައް ކަމުގައިވާ ވިނާ ޑެލް މާ ސިޓީ އާއި ވަލްޕަރައިސޯ ސިޓީގައި ދިރިއުޅެމުންދާ މީހުން މިހާރު ވަނީ އެހެން ދުރު ހިސާބުތަކަށް ބަދަލުވާންޖެހިފައެވެ.  

މި އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރުމަށް އެންމެ ބޮޑަށް އެހީވަނީ ގަދަ ވަޔެވެ. ވަލްޕަރައިސޯ ސިޓީގެ ނޭޝަނަލް ފޮރެސްޓްރީ ކޯޕަރޭޝަނުގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި އެ ސިޓީގައި ގަޑިއަކު 25-31 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހެމުން ދެއެވެ.

ދުނިޔެ ހޫނުވަމުންދާ މިންވަރަކަށް ނުރައްކާތެރި މޫސުމީ ކާރިސާތައް ކުރިމަތިވާނެ މިންވަރު އިތުރުވާނެކަމަށް ސައިންސްވެރިން ބުނެފައިވާއިރު، މި ހާދިސާގެ ނުރައްކާ އިތުރަށް ގޯސްވެފައިވަނީ، ހޫނު މޫސުމުގެ "ހީޓް ވޭވް" އާއި ދެކުނު އެމެރިކާ ސަރަހައްދަށް ކުރިމަތިވެފައިވާ "އެލް ނީނޯ" ނަމަކަށް ކިޔާ މޫސުމީ ހާދިސާގެ ސަބަބުންނެވެ.

މި ހާދިސާގައި މިހާތަނަށް ޗިލީގެ ވެރިކަންކުރާ ސިޓީގެ ހުޅަނގު ދެކުނުގައި ހިމެނޭ އެސްޓްރެއްލާ އަދި ނެވިދާދް ކިޔާ ސަރަހައްދެއްގެ 30 ގެ އަނދާފައިވެއެވެ. އަދި ވަލްޕަރައިސޯ ސިޓީގައި އެކަނިވެސް 7 ހާސް ހެކްޓަރަށް ވުރެން ބޮޑު ސަރަހައްދެއް އަނދާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.