Advertisement

ރޮމާރިއޯގެ ޕާޓީގައި ނަގާފައިވާ ނޭމާގެ ފޮޓޮއެއް

31 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ސިއްހަތަށް ނުބަލާ އުޅޭކަމަށް ބުނެ ނަފުރަތު ފަތުރާތީ ނޭމާ ރައްދުދީފި

ބްރެޒިލްގެ ކުރީގެ ތަރި، އަދި ސްޕެއިންގެ ބާސެލޯނާ އާއި ވެލެންސިއާއަށް ވެސް ކުޅުނު ހުނަރުވެރި ކުޅުންތެރިޔާ، ރޮމާރިއޯގެ 58 ވަނަ އުފަންދުވަހުގެ ޕާޓީގައި ނަގާފައިވާ ސައުދީގެ އަލްހިލާލަށް މިހާރު ކުޅެމުންދާ ނޭމާ ޖޫނިއާގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވެ، އާންމުންގެ ގިނަ ފާޑު ކިއުންތަކެއް އަމާޒުވުމުން، އެކަމަށް އޭނާ ހޫނު ރައްދެއް ދީފިއެވެ. 

ނޭމާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ 18ގައި އުރުގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗުގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާ ދުރުގައި ހުންނަންޖެހިފައިވާ މި މުއްދަތުގައި، ސިއްހަތަށް ނުބަލައި އުޅޭތީ އޭނާގެ ފިޓްނަސް ގެއްލި، މިހާރު އޭނާ ވަރަށް ބޮޑަށް ފަލަވެފައިވާކަމަށް ބުނެއެވެ. 

ނަމަވެސް މިކަމަށް ރައްދު ދިނުމުގެ ގޮތުން ޖިމްގައި ހުރެ އިންސްޓަގްރާމުގައި ނޭމާ ޕޯސްޓްކުރި ވީޑިއޯއެއްގައި އޭނާގެ ފިޓްނަސް ލެވެލް އަންގައި ދިނުމަށް ބަނޑު ދައްކާލަމުން ބުނީ، އޭނާއަށް ނަފްރަތުކޮށް، އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކަށް އެ ވީޑިއޯއިން ހަގީގަތް ހާމަވާނެކަމަށެވެ. ވީޑިއޯއިން ފެންނަ ގޮތުން އޭނާގެ ބަނޑުގައި ފުރިހަމަކޮށް “ގޮޅި”ތައް އެނގެން ނެތަސް، ފިޓްނަސް ގެއްލޭނެފަދަ މިންވަރަކަށް ޝަރުބީ ޖަހާފައި ނުވާކަން ފާހަގަކުރެވެއެވެ. 

އާންމު ގޮތެއްގައި އަނިޔާ ވިޔަސް ކުޅިވަރު ކުޅުންތެރިންނަކީ ފިޓްކޮށް ތިބުމަށް ވަރަށް އިސްކަންދޭ ބައެކެވެ. އެއީ އަނިޔާއިން ރަގަޅުވުމަށްފަހު އަނބުރާ ކުޅެން ނިކުމެ، އަވަހަށް މެޗު ފިޓްނަސްއަށް ވާސިލް ވެވެނީ ކުޅުމުން ދުރުގައި ހުންނަ ދުވަސްތަކުގައި މި ކަންކަމަށް ފަރުވާތެރިވި މިންވަރަކުން ކަމަށްވާތީއެވެ.

ފިޓްނަސްއަށް ސަމާލުކަން ނުދޭކަމުގެ ވާހަކައަކީ ވަރަށް ގިނަ ފަހަރަށް ބްރެޒިލްގެ ކުޅުންތެރިންނަށް އަމާޒުކޮށް މީގެކުރިން ވެސް ދެކެވޭ ވާހަކައެކެވެ. އެގޮތުން ރޮނާލްޑޯ އާއި ރޮނާލްޑީނިއޯ ވެސް މި ލިސްޓުގައި ހިމެނެއެވެ.

ފްރާންސް ޗެމްޕިއަން ޕީއެސްޖީއިން، ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ނޭމާ ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. ނަމަވެސް އެ ކްލަބުގައި އޭނާއަށް ކުޅެވުނީ 5 މެޗެވެ. އޭގެ ފަހުން އަނިޔާވެ، މި ސީޒަނުގައި އެއްކޮށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހޭނެކަމަށް ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރު ވަނީ ބުނެފައެވެ. އަނިޔާއިން ރަގަޅު ވިޔަސް އޭނާ ދެން އަނބުރާ ހިލާލްގެ ޖާޒީގައި ނުފެންނާނެކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2025 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.