Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ---

07 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި

އިތުބާރު ނެތްކަމުގެ ވޯޓުނަގައި ރައީސް ނަޝީދު މަޤާމުން ވަކިކުރަން ބޭނުންވާ ޢަދަދަށްވުރެ އިތުރަށްވެސް މެމްބަރުން ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް މައްސަަލަ ވައްދައިފިއެވެ.

މުޅިމަޖިލީހުގެ އަޣުލަބިއްޔަތަށް ބަލާއިރު ރައީސް ނަޝީދު މަޤާމުން ވަކިކުރަން ބޭނުންވާނީ 44 ވޯޓެވެ. އެހެން ނަމަވެސް އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ރައީސް ނަޝީދުގެ ޢިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި ވަނީ 54 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

ރައީސް ނަޝީދުގެ ޢިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަޤާމުން ވަކިކުރުމަށް އެމްޑީޕީން ނިންމާފައި ވަނީ މައިގަނޑު 6 ސަބަބެއްގެ މައްޗަށް ރިޢާޔަތް ކުރައްވައިގެންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ޢަމަލު ކުރައްވަމުން ގެންދިޔުމާއި، ސަބަބެއް ހާމަ ނުކުރައްވައި މަޖިލީހުގެ ރިޔާސަތު ކޮންމެ ދުވަހަކުވެސް ދޫކޮށްލައްވައި ވަޑައިގެންނެވުމާއި، މެމްބަރުންނާއި މެދު ޒާތީވެ ކަންކަން ކުރެއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާ ނުލައި މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާފައި އޮތުން ހިމެނެއެވެ.

އަދި މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ރައީސް ނަޝީދު އިތުރަށް ބެހެއްޓެވުމަކީ، ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާކުރުމުގެ ފުރުޞަތު ގެއްލި، ރައްޔިތުންގެ ކުރިމަތީގައި މަޖިލީހުގެ ޤަދަރު ކުޑަވެގެންދާނެ ކަމެއް ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިސްވެ އޮފެ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލައިގައި ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.