Advertisement

26 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެފްކޮން: ބައެއް ވަރުގަދަ ޓީމުތަކަށް ނޮކްއައުޓް ބުރުން ޖާގައެއް ނުލިބުނު

އައިވޮރީ ކޯސްޓްގައި ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ރައުންޑް-އޮފް-ސިކްސްޓީނުން ޖާގަ ނުލިބި، މުބާރާތާއި އެފްރިކާގެ ވަރުގަދަ ގައުމުތަކެއް ކަޓައިފިއެވެ

މުބާރާތުން ކެޓި ވަރުގަދަ ޓީމުތަކުގެ ތެރޭގައި ސަރަހައްދީ ގަދަބާރު، ގާނާއާއި، 2019 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި އަލްޖީރިއާގެ އިތުރުން ޓިއުނީޝިއާ ހިމެނެއެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް 6 ގްރޫޕަކަށް ބަހައި، ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން، ތިން ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާތަކެއް ހޯދާ 4 ޓީމަކަށް ނޮކްއައުޓް ބުރުގެ ފުރުސަތު އޮތް ނަމަވެސް، މި ޓީމުތަކަށް ވަނީ އެ ފުރުސަތުވެސް ގެއްލިފައެވެ.

ގްރޫޕް ސްޓޭޖުގައި އެއްވެސް މެޗަކުން ގާނާ މޮޅުވެފައި ނުވާއިރު، އެ ޓީމުވަނީ ގްރޫޕް-ބީގެ އެއްވަނަ ހޯދި ކޭޕް ވާޑް އަތުން 2-1 އިން ބަލިވެފައެވެ. އަދި އިޖިޕްޓާއި މޮޒަމްބީކް އަތުން އެއްވަރުވެ، ޖުމްލަ ލިބިފައިވަނީ 2 ޕޮއިންޓެވެ. މޮޒަމްބީކް މެޗު އެ ޓީމަށް ކާމިޔާބު ނުކުރެވުނީ، މެޗުގެ އިތުރު ވަގުތުގައި މޮޒަމްބީކުން ކާމިޔާބު ކުރި ގޯލުތަކުންނެވެ. މި ނަތީޖާއާއެކީ އެ ޓީމުގެ ޓެކްނިކަލް ބައެއް ސްޓާފުން ބަދަލުކުރުމަށް، ގާނާ ފުޓުބޯޅަ އެސޯސިއޭޝަނުންވަނީ ނިންމާފައެވެ.

2019 ވަނަ އަހަރު އެފްކޮން ކާމިޔާބުކުރި އަލްޖީރިއާ މުބާރާތުން ވަކިވާންޖެހުނީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މޮރިޓޭނިއާއިން އެ ޓީމު 1-0 އިން ބަލިކުރުމުންނެވެ. މި ނަތީޖާއާއެކީ މޮރިޓޭނިއާއިން ވަނީ މުޅިން އަލަށް މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދާފައެވެ. މިއީ އެ ޓީމުން މުބާރާތުގައި ވާދަކުރާ ތިންވަނަ ފަހަރެވެ.

މި ކާމިޔާބާއެކީ މޮރިޓޭނިއާ އިން އެންމެން ހައިރާންކޮށްލިއިރު، މުބާރާތް ބާއްވާ އައިވޮރީ ކޯސްޓާއި އިޖިޕްޓަށް ވެސް ރައުންޑް-އޮފް-ސިކްސްޓީންގެ ޖާގައެއް ކަށަވަރުވީ ހަމަ ކިރިޔާއެވެ.

މުބާރާތުގެ ރައުންޑް-އޮފް-ސިކްސްޓީންގެ މެޗުތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 27 އިން 30 އަށެވެ

ރައުންޑް-އޮފް-ސިކްސްޓީންގެ މެޗުތައް ތާވަލުކުރެވިފައިވާ ގޮތް؛

ޖެނުއަރީ 27

އެންގޯލާ – ނެމީބިއާ

ނައިޖީރިއާ – ކެމަރޫން

28 ޖެނުއަރީ

އިކުޓޯރިއަލް ގިނީ – ގިނީ

އިޖިޕްޓް – ޑީއާރު ކޮންގޯ

29 ޖެނުއަރީ

ކޭޕް ވާޑް – މޮރިޓޭނިއާ

ސެނެގާލް – އައިވޮރީ ކޯސްޓް

30 ޖެނުއަރީ

މާލީ – ބުރުކީނާ ފަސޯ

މޮރޮކޯ – ސައުތު އެފްރިކާ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.