Advertisement

25 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ކަޅުއޮށްފުންމީގެ ނަކަލު ބާއްވަން ހަމަ އެންމެ ރަނގަޅީ ބާރަށުގައި: ޔުމްނާ

ދިވެހިރާއްޖެއަށް ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކަން ހޯއްދަވައިދެއްވުމުގައި ބޭނުން މުޙައްމަދު ތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިން ބޭނުން ކުރި އުޅަނދު ކަޅުއޮއްފުންމީގެ ނަކަލު ބޭއްވުމަށް އެންމެ ރަނގަޅީ ހއ. ބާރަށުގައި ކަމަށް ކުރީގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ، އެ އޮޑި މާލޭގެ ކަޅުވަކަރު މިނިސްކިތާއި އިންވެގެން އޮތް ޕާކުގައި ބެހެއްޓުމަށް މިސަރުކާރުން ނިންމައި އެ މިސްކިތާއި ޕާކު ބަންދުކޮށް އެތަނުގައި އެ އޮޑި ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަން އިއުލާނުކޮށްފައި ވަނިކޮށެވެ. މިގޮތުން އަންގާރަ ދުވަހު ކަޅުވަކަރު މިސްކިތް ޕާކު ވަނީ އެމަސައްކަތަށް ބަންދުކޮށްފައެވެ.

ޔުމްނާ ވިދާޅުވީ، އެކަމަނާ މިނިސްޓަރު ކަމުގައި ހުންނެވި އިރު، ކަޅުއޮށްފުންމީގެ ނަކަލު ބާރަށުގައި އެ އޮޑި އަސްލު ބަން އޮޑިވަޅުގައި ބާއްވަން ޕްލޭންކުރެވި ކޮންސެޕްޓް ވެސް ތައްޔާރުކޮށް ހެރިޓޭޖް މިނިސްޓްރީން އެކަން ކުރުމަށް ނިންމާފައި އޮތް ކަމަށެވެ. ސަގާފީ ތަރިކައެއްގެ ސަގާފީ އަގު ގުޅިފައި އޮންނަނީ އެ އެއްޗަކާ ގުޅޭ ތާރީޚީ ވާހަކަތަކާ އެ އެއްޗެއް ނިސްބަތްވާ ތަނަކާއި ކަމުގައިވެސް ޔުމްނާ ވިދާޅުވިއެވެ.

ކަޅުއޮއްފުންމީގެ ނަކަލު އޮޑި ބަނދެފައި ވަނީ، ހދ. ނޭކުރެންދޫގައި މިނިވަން 50 އާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމްގެ ސަރުކާރުގައެވެ. ކަޅުއޮއްފުންމީގެ ނަކަލު ތައްޔާރުކޮށްފައިވާ ގޮތާއި މެދު ކުރީގެ ރައީސުލްޖުމްހޫރިއްޔާ، މުޙައްމަދު ނަޝީދު ވަނީ މިއަދު ފާޑު ވިދާޅުވެފައެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ކަޅުއޮއްފުންމި އަކީ އަނގަމަތި މަސްއޮޑިއެއްގެ ގޮތަށް ސިފަކުރީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށްފައި ނޫންކަމަށާއި، އެ އޮޑިއަކީ، ބަޑި ބެހެއްޓި ނަވަކަށްވުން މާގާތް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް، މުހައްމަދު ތަކުރުފާނުގެ ވާހަކަ ދޫދޫމަތިން ކިޔެމުން އައިގޮތާއި، އަދި ލިޔެވިފައިވާ ވާހަކަތަކުގައިވެސް ސިފަކޮށްފައި ހުރީ ކަޅުއޮއްފުންމިއަކީ، އެޒަމާނުގައި ރިޔަލު މަސްވެރިކަމުގައި ބޭނުންކޮށް އުޅުނު އަނގަމަތި މަސްއޮޑިއެއްގެ ގޮތަށެވެ.

ކަޅުއޮއްފުންމީގެ ނަކަލުގެ ގޮތުގައި ބަންއޮޑި މީގެ ކުރިން މާލޭ ސިޓީ ޕާކުގައިވެސް ބޭއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.