Advertisement

ރައީސުލްޖުމްހޫރިއްޔާ އުކުޅަހު ކައުންސިލާ ބައްދަލު ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

06 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

އުކުޅަހު ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ދަނީ ރައްޔިތުން ބޭނުންވާ ގޮތަށް: ކައުންސިލް

އުކުޅަހު ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައި އެކައުންސިލުން ބުނެފިއެވެ.

އެކައުންސިލިން މިހެން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެކު އެކައުންސިލުން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ބައިނަލްްއަޤުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ވަޑައިގެންނެވީ އިއްޔެއެވެ. 

އުކުޅަހު ކައުުންސިލާއި އެކު ބޭއްވި މިބައްދަލުކުރެއްވުމުގައި އުކުޅަހު ކައުންސިލުން ވިދާޅުވީ، މިހާރުވެސް އުކުޅަހުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަމަށާ އަދި މަޝްރޫޢުތައް ހިނގަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށެވެ. 

މީގެ އިތުރުން، ރަށުގައި ޙައްލުކުރަން ހުރި ކަންކަމުގެ ތެރޭގައި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ސްކޫލުގެ އިދާރީ މަސައްކަތްތައް ކުރާނެ އެކަށީގެންވާ ޖާގަނެތުމާއި، ޒުވާނުންގެ މަރުކަޒެއް ނެތުމުގެ ދަތިކަމާއި، ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ތަފާތުތަކެއް ހުރުން ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުކުޅަހުގައި ކައުސިލް އާ ޢިމާރާތެއް ކުރުން އިސްކަންދޭ ލިސްޓުގައި ހިމަނުއްވާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ފާހަގަކުރެވިފައިވާ ކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.