Advertisement

ބިންގަނޑު ކޮނެގެން ކޭބަލްތައް ބުރިކޮށް ވަގަށް ނަގާފައި ---

06 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭގައި މަގުބައްތިތަކަށް ކަރަންޓްދޭ ކޭބަލްތައް ބިންކޮނެގެން ވަގަށް ނަގަނީ

ހުޅުމާލޭގައި ބިމުއަޑީގައި ވަޅުލާފައިވާ ކަރަންޓް ކޭބަލްތައް ބުރިކޮށް ވަގަށް ނެގުމުގެ މައްސަލަތައް ދިމާވަމުން އަންނަ ކަމުގައި އާބަންކޯއިން ބުނެފިއެވެ. 

އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާޙް މިހެން ވިދާޅުވީ، ހުޅުމާލޭގެ މަގުތައް އަނދިރިކަމުގެ ޝަކުވާކޮށް، އާއްމު މީހަކު ޓްވިޓާގައި ފާޅުކުރި ޝުއޫރާއި ގުޅިގެން، އެކަން ސާފުކޮށްދިނުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

މިމްރާޙް ވިދާޅުވީ، ހުޅުމާލޭގެ މަގުތަކުގެ ބައްތިތައް ނުދިއްލުމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބންކޮނެގެން ކަރަންޓް ނަރުތައް ވަގަށް ނަގަމުން ދިޔުން ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.   

މިމްރާޙް ވިދާޅުވީ، ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯދައި ދިނުމުގައި އަރބަންކޯގެ ޓީމު ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.

ބިންކޮނެގެން ކަރަންޓް ކޭބަލްތައް ބުރިކޮށް ވަގަށް ނެގުމުގެ އިތުރުން، ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އިމާރާތްތަކުން ކަރަންޓް ކޭބަލްތައް ވަގަށް ނަގާ މައްސަލަތައްވެސް އަންނަނީ ފެންމަތިވަމުންނެވެ.

ބެލެވިފައިވާ ގޮތުގައި ހުޅުމާލޭގައި ބިންކޮނެގެން ކަރަންޓް ނަރުތައް ނަގައި ވިއްކަމުންދާކަމުގެ ތުހުމަތު ކުރެވިފައިވަނީ، މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށެވެ. ހުޅުމާލޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން، ދަގަނޑުގެ ބާވަތްތަަކާއި ކަރަންޓްނަރު އެއްކޮށްގެން، ހުޅުމާލޭގައި ހުންނަ ބާދަގަނޑު ގަންނަ ތަންތަނަށް އެތަކެތި ވިއްކައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.