Advertisement

23 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެފްރިކަން ކަޕް އޮފް ނޭޝަންސް: އެއްވެސް މެޗަކުން މޮޅުނުވެ އިޖިޕްޓް ދެވަނަ ބުރަށް ދިޔައިރު މުބާރާތް ބާއްވާ އައިވޮރީ ކޯސްޓް ކެޓުމާ ގާތަށް

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގްރޫޕް-އޭ އާއި ގްރޫޕް-ބީގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، އެންމެ ހައިރާންކުރުވަނިވި ގޮތަކަށް "ރައުންޑް އޮފް 16" އަށް ދަތުރުކޮށްފައިވަނީ އިޖިޕްޓެވެ. އަނެއްކޮޅުން މުބާރާތް ބާއްވާ އައިވޮރީ ކޯސްޓް ވަނީ އިކުޓޯރިއަލް ގިނީ އަތުން ތަފާތު ބޮޑުކޮށް ބަލިވެ، އެމީހުންގެ އަމިއްލަ ބާރު ކެނޑި، މުބާރާތާ އަލްވަދާއު ކިޔަންޖެހިދާނެކަމުގެ ބިރު ހީވެފައެވެ.

ގާނާ މެޗުގައި މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އިޖިޕްޓުން އެމީހުންގެ ތަރި މުހައްމަދު ސަލާހްއާ ނުލާ ރޭ ގްރޫޕްގެ ފަހު މެޗުގައި ކޭޕް ވާޑްއާ ބައްދަލުކުރި މެޗަށް ނިކުތީ މެޗު ކާމިޔާބު ކުރުމުން ނޫނީ މުބާރާތުގައި އިތުރަށް ކުރިޔަށް ނުދާނެކަމަށް ވިސްނައިގެންނެވެ

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފުރަތަމަ ލީޑު ނެގީ ކޭޕް ވާޑްއިންނެވެ. އިޖިޕްޓުން އެ ޓީމުގެ ކޮޅަށް މެޗު އަނބުރާލީ ދެވަނަ ހާފުގެ އިތުރު ވަގުތުގައެވެ. އެއީ 50 ވަނަ މިނެޓާއި، އިތުރު ވަގުތުގެ 3 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލުތަކުންނެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން އިތުރު ވަގުތުގެ 9 ވަނަ މިނެޓުގައި ކޭޕް ވާޑްއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.  

އިޖިޕްޓުގެ 3 މެޗު ވެސް 2-2 އިން އެއްވަރުވެ، ލިބުނު 3 ޕޮއިންޓާއެކީ ނޮކް އައުޓް ބުރަށް ދިއުމަށް އެހީވީ ރޭ ގާނާއާ ދެކޮޅަށް އިތުރު ވަގުތުގައި މޮޒަމްބިކް ކާމިޔާބު ކުރި ދެ ގޯލެވެ. މެޗުގެ 15 ވަނަ މިނެޓާއި 70 ވަނަ މިނެޓުގައި ލިބުނު 2 ޕެނަލްޓީއިން ގާނާ ދެ ގޯލުގެ ލީޑެއްގައި އޮއްވައި، މެޗުގެ އިތުރު ވަގުތުގައި 2 ގޯލު ކާމިޔާބުކޮށް، މޮޒަމްބިކުން ގްރޫޕުގެ އޮއިވަރު ބަދަލުކޮށްލިއެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ދެވަނަ ގޯލު ކާމިޔާބުކުރީ އިތުރު ވަގުތުގެ 4 ވަނަ މިނެޓުގައެވެ

މުބާރާތް ބާއްވާ އައިވޮރީ ކޯސްޓަށް އަމިއްލަ ބާރު ގެއްލުނީ އެމީހުނަށް ވުރެން ފީފާ ވޯލްޑް ރޭންކިންގައި އެތައް ގުނައެއް ދަށުގައި އޮންނަ އިކުޓޯރިއަލް ގިނީ އަތުން ކުރިމަތިލާން ޖެހުނު ލަދުވެތި ބައްޔާއެކުއެވެ. ގުރޫޕުގެ ފަހު މެޗު އައިވޮރީ ކޯސްޓާ ބައްދަލުކޮށް އިކުޓޯރިއަލް ގިނީ ކާމިޔާބުކުރީ 4-0 އިންނެވެ

އައިވޮރީ ކޯސްޓަށް ދެން ޖެހޭނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމެންދެން ބަލަން ތިބޭށެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތައް 6 ގްރޫޕަކަށް ބަހާލާފައިވާއިރު ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ ޓީމުގެ އިތުރުން، ގްރޫޕްތަކުގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާއެއް ހޯދާފައިވާ 4 ޓީމެއްވެސް ނޮކް އައުޓް ބުރަށް ދަތުރުކުރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.