Advertisement

22 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޑޮވްބީކް ހަތް މިނެޓުން ހެދި ހެޓްރިކާއެކު ޖިރޯނާ އަނބުރާ ލީގު އެއްވަނައަށް

ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އާއި ސެވިއްޔާ ބައްދަލުކުރި މެޗުގައި ޖިރޯނާގެ ޔުކްރެއިން ފޯވާޑް، އާޓެމް ޑޮވްބީކް ހަތް މިނެޓުން ހެދި ހެޓްރިކާއެކު، 5-1 އިން ސެވިއްޔާ ބަލިކޮށް، އެ ޓީމުން އަނބުރާ ލީގު އެއްވަނައަށް އަރައިފިއެވެ.

ރޭ އިރާކޮޅު، ލީގުގެ ފުލުގައި އޮތް އަލްމެއިރާއާ ދެކޮޅަށް މެޑްރިޑުން ބައްދަލުކުރި މެޗުގައި، އަލްމެއިރާ ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުންއަރާ މެޑްރިޑުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މެޗުން މޮޅުވި ގޯލު، އިތުރު މިނެޓުގެ 8 މިނެޓު ކުޅެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޑެނީ ކާވަހާލްއެވެ

ސެވިއްޔާއާ ދެކޮޅަށް ހޯދި ތިން ޕޮއިންޓާއެކު ޖިރޯނާ ލީގު އެއްވަނައިގައި އޮތީ އެއް ޕޮއިންޓުގެ ލީޑަކާއެކުއެވެ. ނަމަވެސް ޖިރޯނާއަށް ވުރެން މެޑްރިޑުން އެއް މެޗު މަދުން ކުޅެފައިވުމުން، ދެ ޕޮއިންޓުގެ ލީޑަކާއެކު ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު މެޑްރިޑަށް ބޮޑެވެ.

ޖިރޯނާ މެޗުގައި ފުރަތަމަ ލީޑު ނެގީ މެޗުގެ 10 ވަނަ މިނެޓުގައި ރޮމެރޯ ކާމިޔާބުކުރި ގޯލަކާއެކު ސެވިއްޔާއެވެ. ޖަވާބުގައި ޑޮވްބީކް ވަނީ މެޗުގެ 20 މިނެޓު ކުޅުމުގެ ކުރިން ހެޓްރިކެއް ހަދާ، މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅަށް އަނބުރާލާފައެވެ. ޖިރޯނާގެ ހަތަރު ވަނަ ގޯލާއި ފަސްވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ 56 ވަނަ މިނެޓާއި 89 ވަނަ މިނެޓުގައު ސިގަންކޯވް އާއި ސްޓުއާނީއެވެ

މި މެޗުގައި ކާމިޔާބު ކުރި ގޯލާއެކު ޑޮވްބީކް މިވަނީ މިހާތަނަށް ލީގުގައި 14 ގޯލު ހަމަކޮށްފައެވެ. ދެން މި އަދަދަށް ގޯލު ޖަހާފައިވަނީ މެޑްރިޑްގެ ޖޫޑް ބެލިންގްހަމްއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.