Advertisement

އިޒްރޭލުގެ ހަމަލާތަކުގައި އަނިޔާވި މީހަކު ސްޓްރެޗަގައި ހޮސްޕިޓަލަށް އުފުލަނީ --

22 Jan 2024
ދުނިޔެ
ޢަލީ ސުލައިމާން

އިޒްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްޠީނު މީހުންގެ އަދަދު ފަންސަވީސް ހާހަށްވުރެ މަތިވެއްޖެ

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން އިޒްރާއީލް ސިފައިން ޣައްޒާއަށް މެދު ނުކެނޑި ދެމުންގެންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 25000 ވުރެ މަތިވެއްޖެއެވެ.

މިއީ ނިސްބަތުން ބަލާއިރު އިޒްރާއީލުގެ ހަމަާލާތަކުގައި މިހާރު ވަނީ، ޣައްޒާގެ ކޮންމެ 100 މީހަކު އެކަކު ޒަޚަމްކޮށްލާފައެވެ.

ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އޮކްޓޫބަރު 7ގެ ފަހުން އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް، 25 ހާހަށްވުރެ ގިނަ މީހުން ޝަހީދުވި އިރު 62 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އިއްޔެވެސް ޣައްޒާއިން 178 މީހުން ޝަހީދުވި ކަމުގައި ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އިޒްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި 15000 ވުރެ ގިނަ މީހުންނަކީ ކުޑަކުދިންނެވެ. މީގެ އިތުރުން އިޒްރާއީލުން ދަނީ، މިސްކިތްތަކާއި ޔުނިވަރސިޓީތަކާއި ސްކޫލުތައްވެސް ބޮން އަޅައި އަދި ބޮން ހަރުކޮށް ގޮއްވާލަމުންނެވެ. މުޅި ޣައްޒާ އިޒްރާއީލުން ސުންނާފަތިކުރަމުންދާތާ، 3 މަސްދުވަސްވެގެން ދިޔައިރު ހަނގުރާމައަށް ވާގިވެރިވުމުގައި އިނގިރޭސީންނާއި އެމެރިކާއިން ދެމި އެބަތިއްބެވެ. ހަނގުރާމަ ހުއްޓުވުމަށް އދ ގައި ނަގާ ވޯޓުތައްވެސް ވީޓޯކުރަމުން ދަނީ އެމެރިކާއިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.