Advertisement

ޑަސޯލްޓް ފެލްކަން 10 ގެ މަތިންދާ ބޯޓެއް --

22 Jan 2024
ދުނިޔެ
ޢަލީ ސުލައިމާން

އަފްޣާނިސްތާނުގެ ތެރެއަށް ވެއްޓުނު އެއާ އެންބިއުލާންސް މަތިންދާ ބޯޓަކީ އިންޑިއާގެ ބޯޓެއް ނޫންކަމަށް ބުނެފި

އަފްޣާނިސްތާނުގެ ހިންދުކުޝް ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓުނު ކުޑަ މަތިންދާ ބޯޓަކީ، އިންޑިއާގެ ބޯޓެއް ނޫންކަމަށް އިންޑިއާގެ ރަސްމީ ފަރާތްތަކުން ބުނެފިއެވެ.

އިއްޔެ ހެނދުނު އަފްޣާނިސްތާނުގެ ތެރެއަށް ވެއްޓުނު ކުޑަ މަތިންދާބޯޓަކީ، ދިއްލީން މޮސްކޯއަށް ދަތުރުކުރި އިންޑިއާގެ ފްލައިޓެއް ކަމުގައި ބެލެވޭ ކަމަށް އަފްޣާނިސްތާނުން ރިޕޯޓްކުރިއެވެ. އެކަމާއި ގުޅިގެން އިންޑިއާގެ ސިވިލްއޭވިއޭޝަން މިނިސްޓްރީން ބުނީ ވެއްޓުނު އެބޯޓަކީ، އިންޑިއާގެ ބޯޓެއް ނޫންކަމަށާއި އެއީ މޮރޮކޯގެ މަތިންދާ ބޯޓެއް ކަމަށެވެ.

ރަޝިއާގެ އޭވިއޭޝަން އޮފިޝަލުން މިއަދު ބުނީ ހަ މީހުންނާއެކު ރަޝިއާގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓެއް ރާޑަރަށް ގެއްލުނީ އަފްޣާނިސްތާނުގެ ފަރުބަދަތައް މަތިން ބޯޓު ދަތުރު ކުރަނިކޮށެވެ.

ރަޝިއާގެ އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މަތިންދާބޯޓަކީ 1978 ވަނަ އަހަރު އުފައްދާފައިވާ، ފްރާންސްގެ ޑަސޯލްޓް ފެލްކަން 10 ގެ ޗާޓަރު އެމްބިއުލާންސް ފްލައިޓެއް ކަމަށެވެ. އެބޯޓު ދަތުރުކުރީ، އިންޑިއާއިން އުޒްބެކިސްތާން މަގުން މޮސްކޯއަށް ކަމަށްވެސް ރަޝިއާގެ އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.

މިފްލައިޓް ވެއްޓިފައި ވަނީ، އަފްޣާނިސްތާނުގެ ބޯޑަރުގައި އޮންނަ ބަޑަޚްޝަން ޕްރޮންވިންގެ ސަރަހައްދަށެވެ. އެހެން ނަމަވެސް ފްލައިޓް ވެއްޓުނު ސީދާ ތަން އަދި ދެނެނުގަނެވޭކަމަށް ރަޝިއާގެ އޭވިއޭޝަން ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.