Advertisement

ފޮޓޯ: އިސްލާމިކް ޔުނިވަރސިޓީ

21 Jan 2024
ޚަބަރު

އައިޔޫއެމްގެ ލަރނިން ސެންޓަރެއް ރ.އުނގޫފާރުގައި ހުޅުވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރ. އުނގޫފާރު ލަރނިންގ ސެންޓަރ ހުޅުވައިފިއެވެ. އައިޔޫއެމްގެ ރ. އުނގޫފާރު ލަރނިންގ ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ ޑރ. އަފްރާޝީމުގެ އުފަން ރަށުގައި އައިޔޫއެމްގެ ލާނިންގ ސެންޓަރެއް ހުޅުވިގެން ދިޔުމަކީ އެމަނިކުފާނު ޔުނިވަރސިޓީއަށް ކޮށްދެއްވާފައިވާ ޙިދުމަތުގެ މަތިން ހަނދާން އާވެގެން ދިޔަ ކަމެއް ކަމަށެވެ.

އުނގޫފާރު ލަރނިންގ ސެންޓަރުގައި މި ފެށޭ ޖެނުއަރީ އިންޓޭކްގައި 5 ކޯސް ފެށުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި އިސްލާމީ މަތީ ތަޢުލީމު ފޯރުކޮށްދެވޭނެ އިންތިޒާމް ފުޅާކޮށް ފަހިކުރުމުގެ ގޮތުން އުނގޫފާރުގެ އިސްލާމިކް ސެންޓަރ އިސްލާމި ޔުނިވަރސިޓީގެ ސެންޓަރަކަށް ބަަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ދެކުނުގައި އައިޔޫއެމްގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒުވެސް ދާދިފަހުންވަނީ އިސްލާމީ ޔުނިވަރސިޓީ އާއި ހަވާލުކުރައްވާފައެވެ. އަދި މި ޖެނުއަރީމަހު ތިނަދޫ ސެންޓަރުގައިވެސް ކޯސްތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.