Advertisement

ފޮޓޯ: މެޓް އޮފީސް

21 Jan 2024
ޚަބަރު

އިންޑިއަން ރިޖަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް

އިންޑިއަން ރިޖަށް އައި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އިންޑިއަން ރިޖަށް ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މެންދަމު 03:09 ގައެވެ.

މެޓް އޮފީހުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން އިންޑިއަން ރިޖްއާއި އައްޑޫ ސިޓީއާއި ހުރި ދުރުމިނަކީ 5282 ކިލޯމީޓަރެވެ. ނަމަވެސް މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށާއި، ނުރައްކާވާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
22 Sep 2024
ޚަބަރު
ތަރައްޤީ ހޯދޭނީ އިޙްތިރާމް ހޯދައިގެން : ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަޞައްވަރު ހާމަކުރެއްވުމަށް ކަމަށެވެ.
22 Sep 2024
ޚަބަރު
މާލޭގެ މަގުތައް މަތިން ބައު އުޅަނދުތައް ނަގަންފަށައިފި
މާލޭ ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި އެމަސައްކަތް ހޮނިހިރު ދުވަހު ފަށާފައި ވަނީ، އެކައުންސިލާއި، ފުލުހުންގެ އިދާރާއިން ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލުން ފާހަގަކުރައްވާަފައިވާ ގޮތުގައި މާލޭގެ މަގުތައް މަތީގައި އަދި ޕާކިން ޒޯނުތަކުގައި ގިނަ އަދަދެއްގެ ބައު އުޅަނދުފަހަރު މަގުމައްޗަށް ދޫކޮށްލާފައި އެބަހުއްޓެވެ. އެހެންވެ އެތަކެތި ނަގައި މަގުތައް ސާފު ކުރުމަކީ، ދުއްވާ އެއްޗިއްސާއި ހިނގާމީހުންނަށްވެސް އެކަމުން ފަސޭހަތައް ލިބިގެންދާނެކަމެއްކަން ސިޓީކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ.
22 Sep 2024
ޚަބަރު
ކުދި ޤައުމުތަކަށް ދަރަނި ލުއިކޮށްދޭން ރައީސް ގޮވާލައްވައިފި
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، "ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ސައިޑް އިވެންޓްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
22 Sep 2024
ޚަބަރު
މަސްތުވާތަކެއްޗާއި އެކު 65 އަހަރުގެ މީހަކު ހައްޔަރުކޮށް އެމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ސ. ހިތަދޫ، ވެހެތާނުގެ، ޢަބްދުﷲ ޞާދިޤު (65އ)އެވެ.