Advertisement

ފުވައްމުލައް -- ފޮޓޯ: ނޫން

21 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފުވައްމުލަކުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ފާރެއްގައި ޖެހި މީހަކު ޒަޚަމްވެއްޖެ

ޏ. ފުވައްމުލަކުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ފާރެއްގައި ޖެހި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ޒަޚަމްވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ އެކްސިޑެންޓް ފުލުހުނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 22:15 ހާއިރުގައި ކަމަށެވެ. އަދުި އެހާދިސާގައި އަނިޔާވި ފިރިހެންމީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުގައި، އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ. އެހެން ނަމަވެސް އެމީހާއަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާތަނަަށް ބެލި ބެލުމުން އެ އެކްސިޑެންޓް ހިނގާފައި ވަނީ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުކުރެވިގެން ގޮސް ފާރުގައި ޖެހިގެން ކަމަށެވެ. އަދި ހާދިސާ ހިނގިގޮތް ބަލައި އެ އެކްސިޑެންޓްގެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން އަންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.