Advertisement

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީން ފުރާވަޑައިގަތުން ---

05 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަދައިގެންފި

އައްޑޫ ސިޓީއަށްކުރެއްވި 3 ދުވަހުގެ ރަަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ ހޮނިހިރު ދުވަހުގައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ، އައްޑޫ ސިޓީގެ ތަރައްޤީއަށް މިސަރުކާރުން ހިންގަމުންދާ ބޮޑު ދެ މަޝްރޫއެއް ފައްޓަވައި ދެއްވައި، އަދި އްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢު ކުރިޔަށްދާ ގޮތްވެސް ބައްލަވާލައްވާފައެވެ.މިގޮތުން އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި އެމަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫޢަކީ، އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތުގެ ފެށުން ކަމުގައެވެ. މީގެ އިތުރުން ވެސް ސަރަޙައްދީ އިޤްތިޞާދުގެ މައި މަރުކަޒަކަށް އައްޑޫ ސިޓީ ބަދަލުކުރުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު ވެސް އެމަނިކުފާނު ވަނީ ފަށްޓަވައިދެއްވާފައެވެ. އަދި އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި މަގު ހެދުމުގެ މަޝްރޫޢު ކުރިޔަށް ދާގޮތްވެސް އެމަނިކުފާނު ބައްލަވާ ލެއްވިއެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ އ.ތ.މ ކޮމިޓީއާ ވަކިވަކިން ބައްދަލު ކުރައްވައި އައްޑޫ ސިޓީގެ ތަރައްޤީއާގުޅޭ މުހިންމުކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި، އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ވިލުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާ ލެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.