Advertisement

ރާއްޖޭގެ ރަށެއް --

20 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރަށުކައުންސިލްތަކުގެ އިޙްތިސާސްގައި ނުހިމެނޭ ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް ޤަވާއިދެއް ހަދައިފި

ރަށު ކައުންސިލްތަކުގެ އިޙްތިސާސްއިން ބޭރުގައިވާ ފަޅުރަށްތަކާއި ފަޅުތައް ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް ގަވައިދެއް ހަދައި ގެޒެޓްކޮށްފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށުކައުންސިލްތަކުގެ އިޙްތިޞާސް ހިމެނޭ ސަރަހައްދުތައް ކަނޑައަޅާފައިވާއިރު، ބައެއް ކައުންސިލްތަކުގެ އިޙްތިސާސްގެ ތެރޭގައި ފަޅެއް ނުވަތަ ފަޅުރަށެއް ނެތުމުގެ ޝަކުވާއަކީ ކައުންސިލްތަކުން ކުރަމުން އައި ޝަކުވާއެކެވެ. އެކަމަށް ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމުގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހު، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމެންޓުން ވަނީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު ގެޒެޓްކޮށްފައެވެ. އެޤަވާއިދުގައި ވާގޮތުން، ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ރަށެއް ނުވަތަ ފަޅެއް ދޫކުރާނީ ލޯކަލް ގަވަމަންޓު މިނިސްޓްރީންނެވެ. މިގޮތުން ކައުންސިލްތަކަށް ދޫކުރާނެ ފަޅުތަކާއި ރައްތައް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

އާޤަވާއިދުގައި ވަނީ، ކައުންސިލްތަކަށް ދޫކުރެވޭ ރަށްތަކާއި ފަޅުތައް ހޯދުމަށް އެއްކައުންސިލަށްވުރެ ގިނަ ކައުންސިލުން ބައިވެރިވެގެން ހުށައެޅޭ ގޮތަށްވެސް ހަމަޖައްސާފައެވެ. އަދި މިގޮތުން ކައުންސިލްތަކަށް ދޫކުރެވޭ ރަށްތަކާއި ފަޅުތަކުން ކުރެވޭ އިޤުތިޞާދީ މަސައްކަތްތަކާއި، ލިބޭ އާމްދަނީއާ ޚަރަދު ރިޕޯޓެއް ހުށައެޅުން ޤަވާއިދުގެ ދަށުން ލާޒިމްކޮށްފައި ވެއެވެ.

އައު ޤަވާއިދަށް ޢަމަލުކުރަން ފެށުމާއި އެކު، "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު"ވަނީ އުވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.