Advertisement

ޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމް --

19 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމާއި ވަޒީފާ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ޤަވާއިދަ އެކުލަވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމާއި ވަޒީފާ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ޤަވާއިދު އެކުލަވާލައި ގެޒެޓްކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ މިޤަވާއިދަށް ޢަމަލުކުރަން ފަށާނީ މިއަންނަ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެެވެ.

މިޤަވާއިދުގެ މަޤުޞަދަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައްޔާއި، މަސައްކަތް ކުރުމުގައްޔާއި، ޒަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ހޯދައި ދިނުމެވެ. މީގެ އިތުރުން ވަޒީފާދިނުމުގައްޔާއި، މަސައްކަތުގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެއްވެސް ފަރާތަކުން އެމީހުންނާއި މެދު ތަފާތުކުރުން ގެންގުޅުން މަނާކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭ ފަރާތަކުން، އެފަރާތަށް މަސައްކަތްކުރާނެ އެކަށީގެންވާ މާހައުލެއް ޤާއިމްކޮށްދީ، މަސައްކަތުގެ މާހައުލުގައި އެފަރާތްތައް ޝާމިލްކުރާނެ އުސޫލުތައް ކަނޑައެޅުންވެސް އެ ޤަވާއިދުގެ މަޤުޞަދު ތަކުގެ ތެރޭގަިއ ހިމަނާފައިވެއެވެ.

އަދި އެޤަވާއިދުގެ މަޤުޞަދުތައް ޙާސިލްކުރުމަށްޓަަކައި، ނުކުލެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށްތައްޔާރުވެފައިވާ ކޮންމެ އިދާރާއެއްގައި ވަޒީފާއަށް އެދޭ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް، މަދުވެގެން 2 (ދޭއް) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ބައިތިއްބަންވާނެ ކަމުގައިވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ

މީގެ އިތުރުން މިޤަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއެއްވެސް އެކުލަވާލަން ޖެހެއެެވެ. ޤަވާއިދުގައި މި ކޮމިޓީ އެކުލަވާލުމުގެ ބާރު ދީފައި ވަނީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައި ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.