Advertisement

ކުރީގެ މިނިސްޓަރ ޔުމްނާ މައުމޫން --

19 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެއް މަސައްކަތެއް ކުރުމަށް ތަފާތު އިދާރާތަކެއް އުފައްދަވާތީ ޔުމްނާ ފާޑުވިދާޅުވެއްޖެ

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ހުއްޓައި، ސަގާފީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އައު އިދާރާއެއް އުފެއްދެވުން، ކުރީގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.

ކުރީގެ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއް ވައްތަރެެއްގެ ތަފާތު މުއައްސަސާތައްް އުފެއްދުމަށްވުރެ ހުރި މުއައްސަސާތަކަށް ބަޖެޓާއި ވަސީލަތްތައް އިތުރުކުރުން މާ ރަނގަޅުވާނެ ކަމަށް އެކަމަނާ ދެކެވަޑައިގަންނަވާ ކަމަށެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދަަވައި އެމަރުކަޒަށް ހަމަޖެއްސެވި މަސައްކަތްތަކަކީ، މީގެ ކުރިން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައިވެސް ހިމެނޭ މަސައްކަތްތަކެކެވެ.

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަމުންދާ ބައެއް ބަދަލުތަކުގެ ސަބަބުން އެއް މަސައްކަތަށް އެތައް އިދާރާއެއް އުފެއްދުމަކީ، އެކަމުގެ ސަބަބުން ދައުލަތުގެ ޚަރަދު ބޮޑުވެ، ވަސީލަތްތައް ބޭކާރު ކުރެވޭނެ ކަމެއްކަމުގައި ބައެއް ސިޔާސީ ބޭފުޅުން ފާހަގަކުަރައްވައެވެ.

ސަރުކާރުގެ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުންޏަކީ އެމްޓީސިސީ ކަމަށް ވާއިރު، އެކުންފުންޏަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތައް ގިނަ ކަމަަށް ފާހަގަކުރައްވައި، އެމްޓީސީސީން ކުރާ މަސައްކަތްތައް ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއިއެކު އިތުރު އެހެން ކުންފުންޏެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.