Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --- ފޮޓޯ: ރައީސް އޮފީސް

04 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ރ. އަތޮޅުގެ ތިންވަނަ އެއަރޕޯޓް ތަރައްޤީކުރާނީ ބެރިޔަންފަރުގައިކަން ރައީސް އިޢުލާނު ކުރައްވައިފި

ރ.އަތޮޅުގެ ތިންވަނަ އެއާޕޯޓް އެޅުމަށް ރ. ބެރިޔަންފަރު ހަމަޖައްސާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ، އައްޑު ސިޓީގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤިކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު، އައްޑޫ ސިޓީ ގަމުގައި ބޭއްވި، ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން އެންމެ ފަހުން އިއުލާނުކުރި އެއަރޕޯޓްތަކުގެ ތެރޭގައި ރ.އަތޮޅުގައި ދެކުނު ބިތުގައި އެއަރޕޯޓެއް އެޅުމަށް ނިންމާފައި ވީނަމަވެސް އެ އެއަރޕޯޓު އަޅާނެ ތަނެއް އިޢުލާނުކޮށްފައެއް ނުވެއެވެ. ރ. އަތޮޅުގައި މިހާރު ހިންގަމުންދާ އެއަރޕޯޓަކީ އިފުރު އެއަރޕޯޓެވެ. އޭގެ އިތުރުން އަލިފުށީގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ހިނގަމުންދާއިރު، މިއަދު ރައީސް އިއުލާނު ކުރެއްވީ، ރ. އަތޮޅުގެ ތިންވަނަ އެއަރޕޯޓް ބެރިޔަންފަރުގައި އެޅުމަށެވެ.

ކުރީ ސަރުކާރުން ރ. އަތޮޅު ފައިނުގައި އެއަރޕޯޓެއް އެޅުމަށް ނިންމިއެވެ.އެހެން ނަމަވެސް އެކަމާއި މެދު ވަރަށް ބޮޑަށް ޚިޔާލުތަފާތުވުންތައް އުފެދިގެން ދިޔައެވެ. ބެރިޔަންފަރުގައި އެއަރޕޯޓު އަޅާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވުމުން ތިމާވެށި ރައްކާތެރި ކުރުމާއި ގުޅޭ ގޮތުން ވާހަކަދައްކާ ފަރާތްތަކުން ވަނީ އެކަމާއި ގުޅިގެން ހިތްހަމަނުޖެހުންފާޅުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.