Advertisement

ގަންއިންޓަރނޭޝަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު ރައީސް ފައްޓަވައި ދެއްވުން --

04 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު ރައީސް ފައްޓަަވައިދެއްވައިފި

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު ރައީސް ފައްޓަަވައިދެއްވައިފިއެވެ.

މިމަޝްރޫޢު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އައްޑޫ ސިޓީ ގަމުގައެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މި މަޝްރޫޢުއާއެކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ބޮޑު ޓަރމިނަލްއެއް ބިނާ ކުރެވޭނެއެވެ. މި ބޮޑު ބަދަލާއި އެކު އައްޑޫ ވެގެންދާނީ އިޤްތިސާދި މައި މަރުކަޒަކަށްކަމުގައިވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ގަން އިންޓަރނޭޝަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ، ސަރުކާރުން އައްޑު އަތޮޅާ މެދު ގެންގުޅޭ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަޝްރޫޢުކަމުގައިވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.

މިމަޝްރޫއުގެ ދަށުން ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކޮށް ނިމޭއިރު އެ އެއާޕޯޓުގައި ބޮޑު ފަސިންޖަރ ޓަރމިނަލްއަކާއި، ޑިއުޓީ ފްރީ ފިހާރަތަކާއި، ވީއައިޕީ އަދި ވީވީއައިޕީ ލައުންޖާއި ރެސްޓޯރެންޓާއި، ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން ކާގޯ ޓަރމިނަލެއްވެސް ޤާއިމްކުރެވިގެންދާނެއެވެ.

ގަން އިންޓަރނޭޝަން އެއަރޕޯޓް ތަރަައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ވަނީ އިންޑިއާގެ ރިނާޓަސް ކުންފުންޏާ އެވެ. އެކުންފުންޏާއި މިމަޝްރޫޢު ހަވާލުކޮށްފައި ވަނީ، 29.7 މިލިއަން ޑޮލަރަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.