Advertisement

އެން-ނަސޭރީގެ ގޯލަށް ފަހު އުފާފާޅުކުރަނީ، ފޮޓޯ: ގެޓީ އިމޭޖަސް

18 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެފްރިކަން ކަޕް އޮފް ނޭޝަންސް: ވޯލްޑް ކަޕުން އެންމެން ހައިރާންކޮށްލި މޮރޮކޯ ފެށީ ވަރުގަދަކޮށް

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގްރޫޕް-އެފްގައި، އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުން އެންމެން ހައިރާންކޮށްލައި ސެމީ ފައިނަލަށް ދަތުރުކުރި މޮރޮކޯއިން ތެންޒޭނިއާ 3-0 އިން ބަލިކޮށްފިއެވެ. މި ނަތީޖާއާއެކީ އެ ޓީމު އޮތީ މިހާރު ގްރޫޕްގެ އެއްވަނައިގައެވެ.

އައިވޮރީ ކޯސްޓްގެ ސްޓޭޑް ލޯރެންޓް ޕޮކޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މޮރޮކޯއިން ލީޑު ނެގީ ފުރަތަމަ ހާފުގައެވެ. އެއީ މެޗުގެ 30 ވަނަ މިނެޓުގައި ހަކީމް ޒިކެޗް ފޮނުވާލި ހިލޭ ޖެހުމެއް ތެންޒޭނިޔާ ކީޕަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޯލުގެ ކުރިމައްޗަށް ވެއްޓުމުން، ފުރުސަތަކަށް ބަލަބަލާހުރި ރޯމަން ސާސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މުޅި މެޗުގައިވެސް އެދެވޭ ކުޅުމެއް ނުދެއްކުނު ތެންޒޭނިޔާއަށް މޮރޮކޯގެ ގޯލަށް އެންމެ ބޯޅައެއްވެސް އަމާޒުކުރެވިފައެއް ނުވެއެވެ

މޮރޮކޯއިން ދެވަނަ ގޯލު ކާމިޔާބުކުރީ ތެންޒޭނިޔާގެ ޑިފެންޑަރު ނޮވާޓަސް މިރޯށީއަށް މެޗުގެ 70 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލިފަހުންނެވެ. މިކަމުގެ ފައިދާ ފުރިހަމައަށް ނަގައި، މޮރޮކޯއިން އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ 77 ވަނަ މިނެޓުގައެވެ. އެއީ ތެންޒޭނިޔާގެ ގޯލުގެ ކުރިމަތީގައި ބަލާލަން ރީތި ޕާސްތަކެއް ޖަހާލުމަށްފަހު މޮރޮކޯގެ ހުނަރުވެރި މިޑްފިލްޑާ، އަޒެދީން އޯނާހީ ކާމިޔާބުކުރި މޮޅު ގޯލެކެވެ

އޭގެ 3 މިނެޓުފަހުން މެޗުގެ 80 ވަނަ މިނެޓުގައި މޮރޮކޯގެ 3 ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީގެ ހުރަހަކުން އެ ޓީމުގެ އިސްކޮޅުން ދިގު ފޯވާޑް، ޔޫސުފް އެން-ނަސޭރީއެވެ

މި ގްރޫޕުގައި ޑީއާރު ކޮންގޯ އާއި ޒެމީބިއާ ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.

މި ގްރޫޕުގެ މެޗުތައް ދެން އޮންނާނީ އާދީއްތަ ދުވަހުއެވެ. އެ ދުވަހު މޮރޮކޯއިން ނިކުންނާނީ ކޮންގޯއާ ދެކޮޅަށެވެ. އަދި އަނެއް މެޗުގައި ބައްދަލު ކުރާނީ ތެންޒޭނިޔާ އާއި ޒެމީބިއާއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.