Advertisement

ސީރިއާގެ އަލްހައުލް ރެފިއުޖީ ކޭމްޕް --

16 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ސީރިއާ ހަނގުރާމައަށް ދިޔަ މީހުންނާއި އާއިލާތަކުގެ 21 މީހުން ރާއްޖެ ގެނެސްފި

ސީރިއާއަށް ހަނގުރާމައަށް ދިޔަ އާއިލާތަކުގެ 21 މީހަކު މިއަދު ރާއްޖެ ގެނެސްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، މިއަދު މާލެ ގެނެސްފައި ވަނީ، ސީރިއާއަށް ހަނގުރާމައަށް ދިޔަ އާއިލާތަކަށް ނިސްބަތްވާ މީހުންނާއި ސީރިއާ ހަނގުރާމައިގެ ތެރޭގައި އުފަންވި ކުޑަކުދިންގެ ތެރެއިން 18 އަހަރު ނުވާ 14 ކުޑަކުދިންނާއި ބޮޑެތި 7 މީހުން ކަމަށެވެ. މިގޮތުން ޖުމުލަ 21 މީހުން މިއަދު ރާއްޖެ ގެނައި އިރު، އަދިވެސް ރާއްޖެ އަންނަން ބޭނުންވާ، 90 މީހުން ރެފިއުޖީ ކޭމްޕްތަކުގައި އެބަތިބިކަމަށް، އިޙްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ، ބޭރު ޤައުމުތަކުަގައި ހަނގުރާމަތައް ހިނގާ ސަރަހައްދުތަކުގައި 100 ވުރެ ގިނަ ދިވެހިން އެބަތިބި ކަމަށެވެ.

އިހްސާން ވިދާޅުވީ، މިއަދު ރާއްޖެ ގެނައި މީހުންގެ ތެރޭގައި ހިމެނެނީ 5 އާއިލާއަަކަށް ނިސްބަތްވާ 21 މީހުން ކަމަށާއި އޭގެ ތެރޭގައި 15 ކުޑަކުދިންނާއި 5 އަންހެނުންނާއި، 1 ފިރިހެނަކު ހިމެނޭ ކަމަށެވެ. އަދި ރާއްޖެ ގެނައި ހުރިހާ ކުޑަކުދިންނަކީވެސް އެ ފަސް އަންހެނުންގެ ދަރީން ކަމުގައި ސާބިތު ކުރެވިފައި ކަމުގައިވެސް އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ، މިއަދު ރާއްޖެ ގެނައި މީހުން ރާއްޖެ ގެނެސްފައި ވަނީ ސަރުކާރުން ޗާޓަރުކުރި ފްލައިޓެއްގައި ތުރުކީގެ ގާޒީއަންތެޕްއިން މާލެއަށެވެ. އެމީހުން ގެނައި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ، ރޭ ފަތިހު 5:02 ގައެވެ.

މާލެ ގެނައި މީހުންގެ މެޑިކަލް އެސެސްމެންޓް ހެދުމަށް ފަހު މިހާރުވަނީ، ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީއެންޓްރިގްެރޭޝަން ސެންޓަރަށް ގެންގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.