Advertisement

މާލެ ސަރަހައްދުގެ ވައި ނުސާފުވެފައި -- ފޮޓޯ: ނޫން

16 Jan 2024
ޚަބަރު

ރާއްޖެ ސަރަހައްދުގައި ވައި ނުސާފު، މިކަންކަމަށް ސަމާލުވޭ!

ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ ވައި ނުސާފުވާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވެފައިވަނީ އިންޑިއަން ސަބް ކޮންޓިނެންޓުން އަންނަ ދުމުގެ ސަބަބުންކަމަށެވެ. ވައި ނުސާފުވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އެގޮތުން، ސާފު ދުވަހެއްގައި 10 މީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް މިހާރު ލޮލަށް ފެންނަ ދުރުމިން 5 ކިލޯ މީޓަރަށްވުރެ ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ސަރަހައްދުގައި އެވަގުތެއްގެ ވައިގެ މިސްރާބު ސާފު މިންވަރު ނުވަތަ "އެއަރ ކޮލިޓީ އިންޑެކްސް" އައި.ކިއު އެއަރ އެޕްލިކޭޝަނުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައި މިއަދު ހުރީ ސިއްޙަތަށް ނުރަނގަޅު މިންވަރެއްގައެވެ. މި މިންކުރުމުގައި ބުނާގޮތުގައި ރާއްޖޭގެ ބައެއް ހިސާބުތަކުގެ ވައިގެ ސާފުމިން މިވަގުތު ހުރީ ނާޒުކު ފަރާތްތަކުގެ ސިއްޙަތަށް ނުރަނގަޅު މިންވަރެއްގައެވެ.

ވައި ނުސާފު މިންވަރު މި ދަރަޖައިގައި ހުންނައިރު ޚާއްސަކޮށް ނޭވާލާ ނިޒާމު މައްސަލަ ހުންނަ މީހުންނަށް ނުރައްކާ ބައެއް ހާލަތްތަކުގައި ބޮޑުވެއެވެ. އަދި އެއީ އާންމުކޮށް އެންމެންގެ ހިތަށާއި ފުއްޕާމެއަށް އަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑު މިންވަރެއް ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ވައި ނުސާފުވުމާއި ގުޅިގެން ސަމާލުކަންދޭންވީ ކަންކަން:

* ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަ ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުން.

* ބޭރަށް ނިކުންނައިރު މާސްކު އެޅުން.

* ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުން.

* ތުއްތު ކުދިން ބޭރަށް ނުނެރުން.

* ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.

* ބޭރުގައި ކަސްރަތުކުމާއި ކުޅިވަރު ކުޅުންފަދަ ކަންކަން މަޑުޖައްސާލުން. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.