ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --
ރާއްޖޭގެ އުފެއްދުންތެރިކަން 2028 އަންނައިރު 177 ބިލިއަނަށް އަރާނެ: ރައީސް
ރާއްޖޭގެ އުފެއްދުންތެރިކަން 2028 ވަނަ އަހަރު ނިމޭއިރު، 177 ބިލިއަންއަށް އަރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ފަސް އަހަރުތެރޭ މި ކުރެވުނު މަސައްކަތާއި، ކުރަންހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއް އެބައޮތް ކަމަށެވެ. އެއީ، ރާއްޖޭގެ ޙާލަތު، ވަރުހުރި އިޤްތިޞާދެއްގެ މައްޗަށް ބިނާކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، 2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު، ދެގުނަ ވެގެންދާ ދިޔުމަކީ، ކުރު މުއްދަތަކުން ގެނެވޭނެ އެންމެބޮޑު އެއް ބަދަލުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ އެކުގައި ތަރައްޤީނުވެ، ދިވެހިން ބޭނުންވާ މަންޒިލެއް ނުހިފޭނެ ކަމަށެވެ. ހަމަހަމަ، އުފާވެރި، ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ދިވެހިންނަކަށް ނުލިބޭނެކަމަށާއި ރާއްޖޭގެ ދެކުނުގެ ކުރިއެރުމާއި ތަރައްޤީގެ މުގޫލައިގަންނަންޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ ހަމަ އައްޑޫ ސިޓީކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ކުރިއަށްމިދާ ގިނަ މިފަދަ ބޮޑެތި ހުރިހާ ޕްރޮޖެކްޓްތަކަކީ، އިންޑިއާގެ ހިލޭ އެހީ އާއި، ލޯނު އެހީގެ ދަށުން ހިނގަމުންދާ ޕްރޮޖެކްޓްތައްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި ގޮތުން، ހަނިމާދޫ އެއަރޕޯޓާއި، މާލޭ ހައުސިންގ ޕްރޮޖެކްޓާ، ތިލަމާލޭ ކަނެކްޓިވިޓީ ބްރިޖާ، އައްޑޫ މަގުހެދުމާ، ބިން ހިއްކުން، އަދި ގަން އެއަރޕޯޓް، މިހެންގޮސް އެތައް އެތައް ދީލަތި އެހީތަކެއް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.