Advertisement

ކޯވިޑް 19 ގެ ދުވަސްވަރު ރެންޑަމް ސާމްޕަލް ނެގުން --

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޖެނުއަރީ މަހުގެ މިހާތަނަށް 19 މީހަކު އިންފުލުއެންޒާއަށް ވަނީ ޕޮޒިޓިވްވެފައި: އެޗްޕީއޭ

މިއަހަރުގެ ޖެނުއަރީ މަހުގެ މިހާތަނަށް 19 މީހަކު އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވާ ކަމުގައި އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުގައި ވާގޮތުން، މިހިނގާ ޖެނުއަރީމަހު އިންފުލުއެންޒާ އޭއަށް 18 މީހަކު ޕޮޒިޓިވްވި އިރު އިންފުލުއެންޒާ ބީއަށް އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަދި ހުސްވި އަހަރުގެ ފަހު ހަތަރުމަސްދުވަހުގައި، ސެޕްޓެމްބަރު މަހު 41 މީހުން، އޮކްޓޫބަރު މަހު 46 މީހުން، އަދި ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ކޮންމެ މަހަކު 24 މީހުން ޕޮޒިޓިވްވެފައިވެއެވެ.

އެޗްޕީއޭއިން ބުނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، އިންފްލުއެންޒާ އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމު ކަމަކީ، ވެކްސިންޖެހުންކަމަށެވެ. މިގޮތުން ޚާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އިންފުލުއެންޒާ ޖެހިގެން ދާދިފަހުން ޒުވާން ފިރިހެނަކު ނިޔާވި އިރު، މިހާރުވެސް އިންފުލުއެންޒާ ޖެހިގެން 3 ޒުވާނަކަށް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުންދާ ކަމުގައި، ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރު ޑރ. މުޙައްމަދު ޢަލީ ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.