Advertisement

އައްޑޫ ސިޓީގެ ބިންހިއްކުން ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވުން ---

03 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

އައްޑޫގެ ބިންހިއްކުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފި

އައްޑޫ ސިޓީގެ ބިންހިއްކުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފައްޓަވައިދެއްވައިފިއެވެ.

މިރަސްމިއްޔާތު އޮތީ މިއަދު، މިއަދު ހަވީރު އައްޑޫސިޓީގެ މަރަދޫއާ ހަންކެޑަ ގުޅޭ ސަރަޙައްދުގައެވެ.

މިރަސްމިއްޔާތުގައި އައްޑޫ ސިޓީކައުންސިލްގެ މެމްބަރުންނާއި، ދައުލަތުގެ ވަޒީރުންނާއި، އައްޑޫގެ އާއްމު ރައްޔިތުން ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަދަކީ، ތަރައްޤީގެ ހެޔޮ ފާހަގަ ފެށޭ، އައްޑޫ ސިޓީގެ މި ބިމަށް ތަރައްޤީގެ ހެޔޮ ބަދަލު ޢަމަލީގޮތުން އައުމުގެ ދުވަސްކަމަށެވެ. 

އިންސާނީ ޙައްޤާއި، ޑިމޮކްރަސީއާއި، ހެޔޮވެރިކަމުގެ ބަދަލަކީ، ފަހުގެ ތާރީޚުގައި ރާއްޖެ ފުރޮޅުނު އެންމެބޮޑު އިންޤިލާބު. އެ މަފްހޫމް އެންމެ ފުރަތަމަ ފަހުމްވި ރައްޔިތުންގެ ތެރޭގައި އައްޑޫ ސިޓީ ހިމެނޭ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވީ، އެދުވަހު އޮތީ، މިއަދު މި ދެކޭ މަންޒަރާއި އަދި މާދަމާގެ ކުރިއެރުމާއި ތަރައްޤީގެ މޭވާއަކީ ފޮނި އެއްޗަކަށް ވުމަށް ދިވެހިން ކުރި އުންމީދުކަމަށެވެ. އެ އުންމީދަކީ އޭގެ ރަހައެއް، ވަހެއް، ކުލައެއް ނުލިބި، ތާއަބަދަށް ކުރާ ހަނގުރާމައަކަށް ވުމަށް އެއްވެސް ރައްޔިތަކު، އެއްވެސްއިރަކު ނޭދޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދައްޗާއި ތުރާލާއި، އުނދަގުލާއި ބުރަ ތަހައްމަލް ކުރަނީ، އޭގެ ފަހަތުން ލިބޭނެ ހަމަޖެހުމާއި ފަސޭހައިގެ އެދުމުގައިކަމަށާއި އެ ދުވަހު ރައްޔިތުން އުފުލި ތަކުލީފުގެ އެ މަރުޙަލާ މިހާރު ނިމިއްެޖެ ކަމަށެވެ.

އައްޑޫސިޓީގައި 228 ހެކްޓަރު ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ހިތަދޫއަށް 90 ހެކްޓަރާއި، މަރަދޫ ފޭދޫއަށް 76 ހެކްޓަރުގެ ބިން އިތުރުކުރުމާއިއެކު، ލިންކް ރޯޑު ތަރައްޤީ ކުރުމަށް 3.3 ހެކްޓަރުގެ ބިމާއި، 8.3 ހެކްޓަރު އިތުރުކޮށް، ބިންހިއްކައިގެން ފަތުރުވެރިކަމަށް 3 ރަށެއް ހެދުންވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.