Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގަތުން

03 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

އައްޑޫ ސިޓީގެ ބިންހިއްކުމާއި، އެއާޕޯޓް މަޝްރޫއު ފައްޓަވައި ދެއްވުމަށް ރައީސް މިއަދު އައްޑުއަށް ވަޑައިގަންނަވަނީ

 ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިޢްވާން މުހައްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، އައްޑުއަށް މިކުރައްވާ ދަތުރުފުޅަކީ، ދެދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. އާދިއްތަ ދުވަހު އެމަނިކުފާނު މާލެ ވަޑައިގަންނަވާނެއެވެ.

ރައީސުލްުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވާ މިދަތުރުފުޅުގެ ތެރެއިން އައްޑޫގެ ބިންހިއްކުމުގެ މަޝްރޫޢު ފައްޓަވައި ދެއްވާނެއެވެ، މީގެ އިތުރުން، އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތްވެސް ރައީސް ފައްޓަވައިދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހަފްތާ ބަންދުގައި އައްޑޫސިޓީއަށް ދަތުރުފުޅެއް ފައްޓަވާއިރު ހުސްވި ހަފްތާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުުން ވަނީ، ނިލަންދެއަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށްވެސް ރަސްމީ ދަތުރުފުޅޭއް ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.