Advertisement

ކީޕަރު ކައިރިން ނައްޓާލުމަށްފަހު، މެޑްރިޑްގެ ފުރަތަމަ ގޯލު ވިނީސިއަސް ކާމިޔާބުކުރަނީ ---

15 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވިނީސިއަސްގެ ހެޓްރިކަކާއެކު، ސްޕެނިޝް ސުޕަ ކަޕް މެޑްރިޑުން ކާމިޔާބުކޮށްފި

ސްޕެނިޝް ސުޕަކަޕް ނުވަތަ “ސުޕަ ކޮޕާ ޑި އެސްޕަނާ”ގެ ފައިނަލް މެޗުގައި، މި މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާގެ މައްޗަށް ރިއާލް މެޑްރިޑުން ތަފާތު ބޮޑުކޮށް ކުރި ހޯދައި، މުބާރާތުގެ ތަށި އުފުލާލައިފިއެވެ. ސައުދީ އަރަބިއާގެ ރިޔާދުގައި ރޭ ކުޅުނު މި މުބާރާތުގެ ތަށި މެޑްރިޑުން ކާމިޔާބުކުރީ 4-1 އިންނެވެ. މިއީ މެޑްރިޑުން މި މުބާރާތް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. 

މުޅި މެޗުގައި ވެސް މެޑްރިޑުގެ މޮޅު ކުޅުމެއް ފެނިފައިވާއިރު، އެ ޓީމުން ވަނީ މެޗުގެ 7 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. އެއީ ބެލިންގްހަމްގެ ތަފާތު މޮޅު "ތްރޫ ބޯލް" އަކުން، ވިނިސިއަސް ޖޫނިއާ، އޭނާގެ ބާރު ދުވެލީގައި ގޮސް ބޯޅަ ހޯދާ، ކީޕަރު ކައިރިން ނައްޓާލުމަށްފަހު ކާމިޔާބުކުރި ރީތި ގޯލެކެވެ.

މެޗުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކުރީ ވިނީސިއަސްއެވެ. މިއީ ފުރަތަމަ ގޯލު ޖެހިތާ 3 މިނެޓު ފަހުން، ރޮޑްރީގޯ ބާސެލޯނާގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ފަސޭހަކަމާއެކު ގޯލު ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ

ލިބުނު ހަނި ފުރުސަތެއްގައި، ބާސެލޯނާގެ ފޯވާޑް، ރޮބާޓް ލެވަންޑޯސްކީ އެ ޓީމަށް އުއްމީދު އާކޮށްދިނެވެ. އެއީ މެޗުގެ 33 ވަނަ މިނެޓުގައި ބާސެލޯނާއިން މެޑްރިޑްގެ ގޯލު ކުރިމައްޗަށް ކުރި ހުރަސް، މެޑްރިޑްގެ ޑިފެންޑަރު ރުޑީގާ ބޮލުން ސާފުކޮށްލުމުން، ޕެނަލްޓީ އޭރިއާގެ ރޮނގުމަތީގައި ހުރެފައި ބޯޅަ ވެއްޓުމުގެ ކުރިން ފޮނުވާލައި، ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލެކެވެ.

މެޑްރިޑުން މެޗުގެ ލީޑު އަނެއްކާވެސް ފުޅާ ކުރީ މެޗުގެ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވިނީސިއަސްއެވެ. އެއީ އޭނާ ހެޓްރިކް ފުރިހަމަކުރި ގޯލެވެ.

އެ ޓީމުގެ 4 ވަނަ ގޯލު ފެނިގެން ދިޔައީ މެޗުގެ 64 ވަނަ މިނެޓުގައެވެ. އެއީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ރޮޑްރީގޯ ކާމިޔާބުކުރި ގޯލަކުންކުނެވެ.

މުބާރާތުގެ ފައިނަލަށް ބާސެލޯނާ އައީ ސެމީ ފައިނަލްގައި އޮސާސޫނާ ބަލިކުރުމަށްފަހުއެވެ. އަދި މެޑްރިޑު ފައިނަލުން ޖާގަ ހޯދީ އެތުލެޓިކޯ މެޑްރިޑް ބަލިކުރުމަށްފަހުއެވެ

މި މުބާރާތުގައި ވާދަކުރަނީ 4 ޓީމެވެ. އެއީ ކޮޕަޑެލްރޭގެ ޗެމްޕިއަން އަދި ރަނާސްއަޕާއި ސްޕެނިޝް ލީގުގެ ޗެމްޕިއަނުންނާއި ދެވަނަ ޓީމެވެ.

މިއީ ސްޕެނިޝް ސުޕަކަޕް ސައުދީ އަރަބިއްޔާގައި ކުޅުނު ދެވަނަ ފަހަރެވެ. މި މުބާރާތް ސައުދީ އަރަބިއްޔާގައި ކުޅެނީ ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނާއި ސައުދީ ސަރުކާރާއި ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.