Advertisement

ވެލިދޫ ޔުނައިޓެޑުން މުބާރާތުގެ ތަށި އުފުލާލަނީ، ފޮޓޯ: އިމޭޖަސް އެމްވީ

14 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ގައުމީ ހޭންޑްބޯލް މުބާރާތް: އޮރިކްސް އާއި ވެލިދޫ ޔުނައިޓެޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

މިދިޔަ ޑިސެމްބަރު މަހު ފެށި 10 ވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެލިދޫ ޔުނައިޓެޑުން ހޯދިއިރު، މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އޮރިކްސް ހޭންޑްބޯލް ކްލަބުން ދިފާއުކޮށްފިއެވެ.

އެންމެ ފުރަތަމަ 21 ޑިސެމްބަރު 2023ގައި ކުޅެން ހަމަޖެހިފައި އޮތް ފައިނަލް މެޗުތައް ވިއްސާރައިގެ ސަބަބުން 22 ޑިސެމްބަރަށް ބަދަލުކުރި ނަމަވެސް، އެ ދުވަހު ވެސް މެޗު ނުކުޅެވޭ ވަރަށް ވާރޭ ވެހުމުން، މެޗުތައް ރީޝެޑިއުލް ކުރީ 11 ޖެނުއަރީ 2024 އަށެވެ. ވިއްސާރައިގެ ސަބަބުން ހަތަރު ވަނަ ފަހަރަށް ލަސްކުރަން ޖެހުނު މެޗުތައް އެންމެ ފަހުން ކުޅެވުނީ 13 ޖެނުއަރީ 2024ގައެވެ. ރާއްޖޭގައި ހޭންޑްބޯލް ކުޅުމަށް ބޭނުން ކުރަމުން އަންނަނީ އައުޓްޑޯ ކޯޓެއްކަމުން، މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގިނަ މެޗުތަކެއް ވެސް ރީޝެޑިއުލް ކުރަން ޖެހުނެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެލިދޫ ޔުނައިޓެޑުން ހޯދީ، 26-37 އިން ޒެފްރޯލް ބަލިކުރުމަށްފަހުއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެލިދޫ ޔުނައިޓެޑްގެ މުހައްމަދު ޔަޝްމު އަހުމަދެވެ

ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގައި ފޯރި ގަދަ މެޗުތަކެއް ފެނިގެން ދިޔައިރު، ގްރޫޕް ސްޓޭޖުގައި ވާދަކުރި 3 ޓީމަށް ވެސް ލިބިފައިވަނީ 6 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ހޯދައި ގްރޫޕްގެ އެއްވަނަ ހޯދީ ވެލިދޫ ޔުނައިޓެޑެވެ. އަދި ޒެފްރޯލް ފައިނަލަށް ދަތުރު ކުރީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ވެލިދޫ ޔުނައިޓެޑުން ހިމެނުނީ ވިޝާން އަބްދުލް މަޖީދު، މުޙައްމަދު ޔަޝްމު، މުހައްމަދު އައްފާން އާތިފް އަދި ރާއިދު ރަޝީދެވެ. ޒެފްރޯލުން ހިމެނުނީ އިސްމާއިލް ފަރުހާން، އަހުމަދު ނަޖީބު އަދި މުހައްމަދު ފިރުނާޝް އަބްދުاللهއެވެ.

އޮރިކްސް ހޭންޑްބޯލް ކުލަބުން މުބާރާތުގެ ތަށި އުފުލާލަނީ، ފޮޓޯ: އިމޭޖަސް އެމްވީ

އަންހެން ޑިވިޝަންގެ ފައިނަލް އޮރިކްސް ހޭންޑްބޯލް ކްލަބުން ހޯދީ 20-18 އިން ރެޑްހޯކްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮރިކްސްގެ ފާތިމަތު އަރުޝާއެވެ. 

އަންހެން ޑިވިޝަނުގެ އެނެމް މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި އޮރިކްސްގެ 5 ކުޅުންތެރިން ހިމެނުނެވެ. އެއީ ފާތިމަތު ޖޫޒާން ޒަރީރު، އަރުޝާ، ޒުލެއިހާ އިބްރާހީމް، ފާތިމަތު ޝިފާ އަދި ރަފާހާ އިބްރާހީމްއެވެ. ރެޑްހޯކްސް އިން ހިމެނުނީ ފިރުޝާނާ ނަސީރު އަދި ފާތިމަތު ޖުނާއެވެ.

އޮރިކްސް އިން 9 ވަނަ ހޭންޑްބޯލް މުބާރާތް ކާމިޔާބުކުރީ ކީން ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.