Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް --

29 May 2023
ޚަބަރު
ޢަލީ ސުލައިމާން

ފެނަކައާ ހަވާލުކުރި ހުރިހާ އައިސްޕްލާންޓަކުން ދަނީ ޚިދުމަތްދެމުން ކަމަށާއި ނަތީޖާވެސް ރަނގަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ފެނަކައާ ހަވާލުކުރި ހުރިހާ އައިސްޕްލާންޓަކުން ދަނީ ޚިދުމަތްދެމުން ކަމަށާއި ނަތީޖާވެސް ރަނގަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފެނަކައަށް ރަށްރަށުގައި ހުރި އައިސް ޕްލާންޓްތައް ހަވާލުކުރުމުގެ ނަތީޖާ ވަރަށްފޮނި ކަމަށެވެ. އަދި ފެނަކައާ ހަވާލުކުރި ހުރިހާ އައިސް ޕްލާންޓެއްގެ ޚިދުމަތްވެސް މިހާރު ރައްޔިތުންނަށް، މަސްވެރިންނަށް ލިބެމުން ދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ފެނަކައިން އަޅުގަނޑު މި ދެންނެވިހެން ކުރަމުން އެގެންދަނީކީ ހަމައެކަނި ކަރަންޓް ދިނުމުގެ ޚިދުމަތެއް ނޫން. ކޮންމެ ރަށަކަށް ފައިބާއިރުގައި، ފެނަކައިގެ މުވައްޒަފުން ފެނޭ. އެ ވާހަކަ އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުންވެސް ދައްކާ. އެހެން ނަމަވެސް، ފެނަކައިން ކޮންމެ ރަށެއްގައި ކުރަމުން މިގެންދަނީ ކަރަންޓްގެ ޚިދުމަތް ދިނުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާއި، އަދި މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެގޮތް ހެއްދެވުން ފަދަ ރައްޔިތުން ބޭނުންވެފައިވާ އެތައް އެތައް ކަންތައްތަކެއްގެ މަސައްކަތް. މިއީ ފެނަކައާ ހަވާލުކޮށްގެން އަޅުގަނޑުމެން ކުރަމުންގެންދާ މަދު މަސައްކަތްތަކެއް. މީގެ ނަތީޖާ ރަނގަޅު."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް ދަތިނުވެ، ކުރިއަށް މިއޮތް ތަނުގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތާއި، ރައްޔިތުންނަށް މި ބޭނުންވާ، ޚާއްޞަކޮށް މަސްވެރިންނަށް މި ބޭނުންވާ އައިސް ލިބުމުގެ ދަތިކަމެއްނެތި، ފެނަކައިން އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނަކީ ސަރުކާރުން އާއްމު ރައްޔިތުންނަށް ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށްޓަކައި އުފައްދަވާފައިވާ ކުންފުންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.