Advertisement

މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ޢާއިޝަތު ޢާޒިމާ ޝަކޫރު --

11 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ވަޒީފާއެއް ގެއްލިގެން އެންމެ ދެރަވި ވަޒީފާއަކީ، ޖެންޑާ މިނިސްޓަރުކަން: އާޒިމާ

ދައުލަތުގެ ގިނަ އިސް މަޤާމުތަކެއް ފުރުައްވާފައި ވާއިރު، ވަޒީފާއެއް ގެއްލިގެން އެންމެ ދެރަވި ވަޒީފާއަކީ، ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުކަމުގައި، މާލޭ ސިޓީ ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމް ޕީއެންސީ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ވާދަކުރައްވާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ، "ނޫން.އެމްވީ" އިން ގެނެސްދޭ "ޚާދިމް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

"ޚާދިމް ޕްރޮގްރާމް"

އާޒިމާ ޖެންޑަރ މިނިސްޓަރުކަމުގެ ވަޒީފާ އަދާކުރެއްވީ، ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުގައެވެ. އެކަމަނާ އެމަޤާމުން ވަކިވެވަޑައިގަންނަވަން ޖެހިވައިޑައިގަތީ ރައްޔިތުން މަޖިލީހުން ރުހުން ނުދެއްވުމުންނެވެ. އެހެން ނަމަވެސް އޭގެ ފަހުން ބަންޑާރަ ނައިބު ކަމުގެ މަޤާމަށް އެކަމަނާ ހަމަޖެއްސެވުމަށް މަޖިލީހުން ރުހުން ދެއްވިއެވެ.

މިޕްރޮގްރާމްގައި އާޒިމާ ވަނީ، މާލޭގެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފިނަމަ ކުރައްވާނޭ ކަންކަމާއި، އަދި އަމިއްލަ ޒާތީ ދިރިއުޅުއްވުމާއި، އަދާކުރެއްވި ވަޒީފާތަކުގައި ކުރިމަތިވި ގޮންޖެހުންތަކާއި، ކުރިމަތިވި ނުރައްކާތަކާއި ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އާޒިމާއަށް އެންމެ ފުރަތަަމަ ބައްޕާފުޅު ދެއްވި ނަމަކީ، "ޢާލިޔާ"ކަން އާޒިމާ ޕްރޮގްރާމުގައި ފާހަގަކުރެއްވިއެވެ.

އާޒިމާ ވިދާޅުވީ، ޖެންޑާ މިނިސްޓްރީއަކީ، އެކަމަނާ ވަރަށް މަސައްކަތް ކުރާ ހިތުން މަސައްކަތް ކުރެއްވި ތަނެއް ކަމަށެވެ. އަދި އޭރު ޖެންޑާ މިނިސްޓަރަކަށް ހުންނެވި އިރު ކުޑަކުދިންގެ ހިޔާއަށް ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރެއްވި ކަމުގައި އާޒިމާ ވިދާޅުވިއެވެ.

"ތެދަށް ދަންނަވަންޏާ، އަޅުގަނޑަށް ދަންނަވަން ކެރިދާނެ، އަޅުގަނޑު ހިތާ އެންމެ ދުރު މަސައްކަތަކަށްވާނީ ބަންޑާރަ ނައިބުކަން. ދައުލަތަށް ވަރަށް ގިނަ ޚިދުމަތްކޮށްދެވުނު"

އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު -

އާޒިމާ ވިދާޅުވީ، ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލްކުރައްވައިގެން، އެދާއިރާގައި މަސައްކަތް ކުރެއްވި ނަމަވެސް އިޖުތިމާޢީ ޚިދުމަތުގެ ދާއިރާގައި އާއިލާ އާއެކު ފުރާވަރު އުމުރުންފެށިގެން މަސައްކަތްތައް ކުރެވުނު ކަމަށާއި، އެހެންކަމުން އަދިވެސް އިޖުތިމާޢީ ޚިދުމަތުގައި ކުރިޔަށް ވަޑައިގެންނެވުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.