Advertisement

28 May 2023
ޚަބަރު
ޢަލީ ސުލައިމާން

މަގޫދޫ އެއަރޕޯޓްވެގެންދާނީ ސަރަހައްދީ އެއާޕޯޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއާޕޯޓަށް: ރައީސް

މިސަރުކާރުން، ފ މަގޫދޫގައި އަޅައިދޭ އެއާޕޯޓްވެގެންދާނީ، ސަރަހައްދީ އެއާޕޯޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއާޕޯޓަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ފ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި،  ފ. މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެވުމަށާއި ފ. މަގޫދޫގައި އަލަށް ޢިމާރާތްކުރެވުނު ފެނަކަ އޮފީސް ޢިމާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫ އެއާޕޯޓްގެ ސަބަބުން، އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައަކާއި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މާގޫދޫ އެއާޕޯޓްގެ މަޝްރޫއަކީ، 232 މިލިޔަން ރުފިޔާގެ މަޝްރޫޢެއް ކަމަށާއި އެއީ ފ އަތޮޅުގައި މިހާތަނަށް ހިންގޭ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން މަގޫދޫގެ އެއާޕޯޓުގެ ޕްރޮޖެކްޓަށް ސަރުކާރުން މިހާރު ގެނެސްފައވާ ބައެއް ބަދަލުތައްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ  ޙިއްޞާކުރައްވާފައެވެ.

"ފުރަތަމަ އަޅުގަނޑުމެން އެއަރޕޯޓުގެ މަސައްކަތް ފަށައިގަތީ، 1200 މީޓަރުގެ ދިގުމިނުގެ އެއަރޕޯޓެއްގެ ގޮތުގައި. 1200 މީޓަރު. އެހެން ނަމަވެސް، މިއަދު 1200 މީޓަރު ދިގުމިނުގެ އެއަރޕޯޓެއް އެޅުމަށް އޭރު ނިންމީ. އެހެން ނަމަވެސް، މިއަދު މިވަނީ އެއަރޕޯޓް ބޮޑުކޮށް، 1800 މީޓަރުގެ އެއަރޕޯޓަކަށް ބަދަލުކުރަން އަޅުގަނޑުމެން ނިންމާފައި. ބޭނުމަކީ މި ސަރަޙައްދުގައި ހުރި ރިޒޯޓުތަކަށް، ވަރަށް ފެންވަރުމަތީ ރިޒޯޓުތަކެއް މިހިސާބުގައި އެބަހުރި. އެ ތަނަށް އަންނަ ޓޫރިސްޓުން އަންނަ ޕްރައިވެޓް ޖެޓް ޖެއްސޭވަރުގެ އެއަރޕޯޓަކަށް މި އެއަރޕޯޓް ބަދަލުކުރުން."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫ އެއާޕޯޓަށް އަންނަ ޖެޓްތައް އެ އެއާޕޯޓުގައި ޕާކް ކުރެވޭނެ އިތުރު ޕަރކިންގ ސަރަޙައްދަކާއި، ވީ.އައި.ޕީ. ޓަރމިނަލެއް ވެސް ޤާއިމްކުރައްވާނެ ކަމަށެވެ. އަދި ދެވަނަ ތަނަކަށް ނުގޮސް، މި ތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފަރމެއްވެސް މި އެއަރޕޯޓް ނިމިގެންދާއިރުގައި، މި ތަނުގައި ޤާއިމުކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނކުފާނު އިތުރަށް ވިދާޅުވީ، އެ އެއަރޕޯޓް ނިމިގެންދާއިރުގައި، ރާއްޖޭގައި އޮތް ރީޖަނަލް އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް އެއަރޕޯޓަށް މަގޫދޫ އެއާޕޯޓްވެގެންދާނެ ކަމަށެވެ. އަދި އޭގެއިތުރުން، ޖެޓްތަކުގައި އަންނަ ފަޅުވެރިން، ކްރޫން މަޑުކުރެވޭނެ ކުޑަ ހޮޓަލެއް، މި ރަށުގައި އެއަރޕޯޓާ އެކީގައި ޤާއިމުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މިދައުރުގެ ތެރޭގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ނިމިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.