Advertisement

28 May 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޑޯޓްމަންޑް ރޮއްވާލުމަށްފަހު ބެޔާން ތަށި އުފުލާލައިފި

ސީޒަންގެ ފަހު މެޗާއި ހަމައަށް އައި އިރު ބޮރޫޝިއާ ޑޯޓްމަންޑުގެ ފުރިހަމަ ބާރުގައި އޮތް ޖަރުމަނު ބުންޑަސްލީގާގެ ތަށި، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކުރި ގޯލާއެކު، ފާއިތުވި ދިހަ އަހަރު ވެސް އެ ލީގު ކާމިޔާބު ކޮށްފައިވާ ބެޔާން މިއުނިކް، ޖެހިޖެހިގެން އެގާރަ ވަނަ ފަހަރަށް ޖަރުމަނު ބުންޑަސްލީގާ ކާމިޔާބު ކޮށްފިއެވެ

ސީޒަންގެ ފަހު މެޗާއި ހަމައަށް އައި އިރު ޑޯޓްމަންޑް އޮތީ ދެ ޕޮއިންޓާއިއެކު ލީގުގެ އެއްވަނައިގައެވެ. ދެ ވަނައިގައި އޮތީ ބެޔާން މިއުނިކްއެވެ. ބެޔާންއަށް ތަށި ލިބުމުގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ ފަހު މެޗުގައި އެފް. ސީ. ކޮލޯން ބަލިކުރުމަށްފަހު، ޑޯޓްމަންޑާއި މެއިންޒް ބައްދަލު ކުރި މެޗުން ޑޯޓްމަންޑް މޮޅު ނުވެއްޖެނަމައެވެ. އަދި ޑޯޓްމަންޑަށް މެއިންޒް ބަލި ނުކޮށް ތަށި ލިބެން އޮތީ، ބެޔާން މިއުނިކް ކޮލޯން އަތުން މޮޅު ނުވެއްޖެނަމައެވެ. އެހެންނަމަވެސް ކަން ހިނގީ ގިނަ މީހުން ހީކުރި ގޮތާއި ޚިލާފަށެވެ

ޑޯޓްމަންޑް އާއި މެއިންޒް ބައްދަލުކުރި މެޗުގެ 24 މިނެޓު ކުޅެވުނުއިރު ހަނޗޭ-އޮލްސެން އާއި އޮނިސޮވޯ ޖެހި ގޯލުތަކުން މެއިންޒުން ދެ ގޯލުގެ ކުރިއެރުމެއް ހޯދިއެވެ. މިއީ މުޅި ސީޒަނުގައި ވެސް ޑޯޓްމަންޑާއި ދެކޮޅަށް މެޗުގެ ކުރީކޮޅު ދެ ގޯލުގެ ކުރިއެރުމެއް ޓީމަކުން ހޯދި ފުރަތަމަ ފަހަރެވެ. މެއިންޒްއިން ފުރަތަމަ ގޯލް ކާމިޔާބު ކުރިފަހުން ޑޯޓްމަންޑަށް އެއްވަރު ކުރަން ލިބުނު ފުރުސަތު، ސެބެސްޓިއަން ހެލާރ އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން ވަނީ ބޭކާރުވެފައެވެ.  

ޑޯޓްމަންޑްގެ ފުރަތަމަ ގޯލު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރަފައެލް ގުއެރޭރޯއެވެ. އަދި ޑޯޓްމަންޑަށް މެޗު ހަމަހަމަ ކުރެވުނީ މެޗުގެ 90 މިނެޓު ހަމަވުމަށްފަހު އިންޖަރީ ވަގުތު ކުޅެމުންދަނިކޮށް ސޫލޭ ކާމިޔާބުކޮށްދިން ގޯލަކުންނެވެ

އަނެއްކޮޅުން ބެޔާންއަށް ތަށި ކާމިޔާބު ކުރެވުނީ ކޮލޯންއާ ކުޅުނު މެޗު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި، މެޗުގެ 85 ވަނަ މިނެޓުގައި ކުޅެއް ނިކުތް ޖަމާލް މުސިއާލާ 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ގޯލަކުންނެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ބެޔާން ނަމަވެސް، މެޗު ނިމެން ނުވަ މިނެޓަށްވެފައި ވަނިކޮށް ކޮލޯން އަށް ލިބުނު ޕެނަލްޓީއަކުން ޖުބިސިޗް ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި މުސިއާލާގެ ގޯލާއެކު ބެޔާން ބުންޑަސްލީގާ މި ކާމިޔާބު ކުރީ ޖެހިޖެހިގެން 11 ވަނަ ފަހަރުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.