Advertisement

07 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ބެލިންގްހަމް ރޭ "ހުނަރު" ދައްކާލީ ދަނޑުން ބޭރުގައި

ސްޕެނިޝް ކޮޕަ-ޑެލް-ރޭގައި ރޭ އެ ގައުމުގެ ހަތަރުވަނަ ޑިވިޝަންގެ އެންމެ ފުލުގައި އޮތް އެރަންޑިނާ އާއި ރިއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ފުރަތަމަ އެގާރައިން، މެޑްރިޑްގެ ތަރި ޖޫޑް ބެލިންގްހަމްއަށް ކާލޯ އެންޗަލޮޓީ ފުރުސަތު ދީފައި ނުވިނަމަވެސް، އޭނާ ބެންޗުގައި އިނދެ ދެއްކި ހިތްހެޔޮކަން ދުނިޔޭގެ ޚަބަރުތަކުން ޖާގަ ހޯދައިފިއެވެ.

ސްޕެއިންގެ ސިޓީއެއް ކަމުގައިވާ އެރަންޑާ ޑި ޑުއެރޯގައި މި މެޗު ކުޅުނު އިރު އެ ސިޓީގެ ފިނިހޫނުމިން ހުރީ ގާތްގަނޑަކަށް 4 ޑިގްރީގައެވެ. އެހެންކަމުން ސްވެޓަރުގެ އިތުރުން، ފިނިން ރައްކާތެރިވުމަށް ބެންޗުގައި ކުޅުންތެރިން ތިބީ ބްލެންކެޓުން ފޮރުވިގެންނެވެ.

މެޑްރިޑްގެ ބެންޗުގައި އިން ބެލިންގްހަމްއަށް، ބެންޗުގެ ކައިރީގައި ހުރި ބޯލް ބޯއީ ފިނިވެގެން އުނދަގޫވެފަ ހުރިކަން ފާހަގަވިއެވެ. މި މަންޒަރު ފެނުމުން، އެކުއްޖާއަށް ގޮވާ ބެންޗު ކައިރިޔަށް ގެނަސް، ބެލިންގްހަމް ބޭނުން ކުރަމުން ދިޔަ ބްލޭންކެޓު އެ ކުއްޖާގެ ގައިގާ އޮޅާލިއެވެ.

ޖޫޑް ބެލިންގްހަމްގެ ހިތްހެޔޮކަން ފެންނަ ވީޑިއޯއެއް

މި މަންޒަރު ފެނުނު ނޫސްވެރިއަކަށް، މެޗަށް ފަހު އެ ކުއްޖާ ދިން އިންޓަވިއުއެއްގައި ބުނީ، އިއްޔެ އަކީ އެ ކުއްޖާގެ އެންމެ އުފާވެރި ދުވަސްކަމަށެވެ.

ޖޫޑް ބެލިންގްހަމްއަށް ބޯލް ބޯއީ ފިނިވެގެން އުނދަގޫވެފައިވާކަން ފާހަގަ ކުރެވުން

ބޯލް ބޯއީއަށް ފިނިވެގެން އުނދަގޫވެގެން އުޅޭކަން އެނގުމުން އޭނާއަށް އެހީވުމަށް ގެނައުން

ބްލޭންކެޓު އެ ކުއްޖާގެ ގައިގާ އޮޅާލުން

މެޑްރިޑަށް ބަދަލުވުމަށްފަހު ފުރަތަމަ ސީޒަންގައި ވެސް ބެލިންގްހަމް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން މި ސީޒަންގައި ކުޅުނު 22 މެޗުން، އޭނާވަނީ 19 ގޯލެ ކާމިޔާބު ކޮށްފައެވެ. މީގެ ތެރޭގައި އޭނާގެ ފުރަތަމަ އެލް-ކްލެސިކޯގައި ބާސެލޯނާ ކޮޅަށް ޖެހި 2 ގޯލު ވެސް ހިމެނެއެވެ.

އުމުރުން 20 އަހަރުގެ ބެލިންގްހަމް ވަނީ، ބެލަން ދިއޯ އެވޯޑް ހަފްލާގައި ދޭ، 2023 ވަނަ އަހަރުގެ "ގޯލްޑަން ބޯއީ" އެވޯޑާއި، އެންމެ މޮޅު ޒުވާން ކުޅުންތެރިއާއަށް ދޭ "ކޮޕާ ޓްރޮފީ" ހާސިލްކޮށްފައެވެ.

ރެއާލް މެޑްރިޑް މިހާރު އޮތީ ލީގުގެ އެއްވަނައިގައެވެ. ނަމަވެސް މި ސީޒަންގެ "ސަޕްރައިޒިން" ޓީމް ކަމުގައިވާ ޖިރޯނާއާ ޕޮއިންޓުގެ ގޮތުން ހަމަހަމައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.