Advertisement

ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން

05 Jan 2024
ޚަބަރު

3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސޮއިކޮށްފި

ޖޮއިންޓް ވެންޗަރ އުސޫލުން 3000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްރޭމްވޯރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

އެފްޑީސީގެ ފަރާތުން މިމަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ، ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓަޑާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްއާ ގުޅިގެންނެވެ.

މިއެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލްއެވެ. އަދި ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް، އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ހުސެންއެވެ.

މިއެއްބަސްވުމުގެ ދަށުން ރާއްޖޭގައި 3000 ސޯޝަލް ހައުސިން ޔުނިޓް ޑިޒައިން ކުރުމާއި ފައިނޭންސް ކުރުމާއި ޢިމާރާތްކުރުމުގެ މަސައްކަތްކުރާނީ ހަވާލުކުރެވިފައިވާ ޖޮއިންޓް ވެންޗާރއިންކަމަށް އެފްޑީސީއިން ބުނެއެވެ. މިމަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓު ތަރައްޤީކުރާ ސަރަޙައްދުތަކެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އެފްޑީސީއިން ބުނީ، މިމަޝްރޫއު ކުރިޔަށްގެންދާނެ ސަރަހައްދެއް ކަނޑައަޅާނީ އެކޯޕަރޭޝަނާއި ސަރުކާރުން ކަނޑައަޅާ ސަރަޙައްދުތަކުގައިކަމަށެވެ.

އެފްޑީސީއިން މިހާރުވެސް އަންނަނީ އިންޑިއާގެ 2 ކުންފުންޏަކާއި ޙަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތުން މިއަހަރުގެ މާރިޗު ހިސާބުގައި 3 ޓަވަރެއްގެ ޢަމަލީ މަސައްކަތް އެއްކޮށް ނިމޭނެކަމަށް އެފްޑީސީއިން ބުނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.