Advertisement

ކުރީގެ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު --

05 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ނުކުމެ މިތިބީ ފިތުނައިގެ ދޮލަނގު ނަގައި ހޫރާލުމަށް: ޢަބުދުﷲ ޝާހިދު

ނުކުމެ މިތިބީ ފިތުނައިގެ ދޮލަނގު ނަގައި ހޫރާލުމަށްކަމުގައި، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ދައުލަތުން އަރުވާފައި، ކުރީގެ ފޮރިން މިނިސްޓަރ އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، އާަދަމް އާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނ.ޣ.ޢ.ވ އަބުދުﷲ ޝާހިދު ވިދާޅުވީ، ވެރިކަމަށް އައުމަށް މިސަރުކާރުން ދެއްކީ ދޮގު ވާހަކަތަކެއްކަން މިވެރިކަމަށް 52 ދުވަސް ވީއިރު، މިހާރު ރައްޔިތުންނަށް އެނގިފައިވާ ކަމަށެވެ. މިގޮތުން އިންޑިއާ ސިފައިންނާއި ގުޅިގެން ދެއްކި ވާހަކަތަކާއި އިންޑިއާއާއި އެކު ރާއްޖެއިން އެތައް ސަތޭކަ އެއްބަސްވުމެއް ހަދާފައިވާކަމަށް ބުނެ ދެއްކި ވާހަކަތާއި، ޗާގޯސް ކަނޑުވިއްކާލީ ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަން މިހާރު ރައްޔިތުންނަށް އެނގި ހާމަވެފައިވާ ކަމުގައި ޢަބުދުﷲ ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަަދު ނުކުމެ މިތިބީ، ﷲގެ ހެޔޮ ރަޙްމަތްފުޅު އިރާދަކުރެއްވިއްޔާ، މިމާލޭގެ، މިފުރަ މާލޭގެ މޭޔަރުކަން އެމްޑީޕީއަށް ހޯދުމަށް. އެމްޑީޕީއަށް މާލޭ (ސިޓީ) ކައުންސިލްގެ މެޖޯރިޓީ ހޯދުމަށް. އަޅުގަނޑުމެން ނުކުމެ މިތިބީ، ފިތުނައިގެ ދޮލަނގު، ދޮގުގެ ދޮލަނގު ނަގައި މިދިވެހިރާއްޖެއިން ހޫރާލުމަށް،"

ނ.ޣ.ޢ.ވ އަބުދުﷲ ޝާހިދު ---

ޢަބުދުﷲ ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ އެއްފަހަރަށް ވުރެ ގިނަފަހަރު، މިދިވެހިނާ އަނބުރާ ހޭރިޔާކޮށްފައި ހެޔޮ މަގަށް، ހެޔޮ ބަނދަރަށް، ހެޔޮ ފާލަށް އަޅުވާފައި އޮތް ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީން ދިވެހިރާއްޖެއަށް ނިކަމެތިކަމެއް ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރާނެކަމަށާއި، އަދި އެފަދަ ކަމެއް ކުރިޔަވެސް ނުދެއްވާނެ ކަމަށެވެ. އަދި އެމްޑީޕީ އިދިކޮޅުގައި ތިއްބަސް ސަރުކާރުގައި ތިއްބަސް މިރާއްޖެއަށް ނިކަމެތިކަމެއް ލިބޭނޭ އެއްވެސް ކަމެއް އެމްޑީޕީން ނުކުރާނެ ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޝާހިދު ވިދާޅުވީ، ތަޖުރިބާހުރި އަދި ކަންކަން ކުރެވޭނެ ވަރުގެ ބޭފުޅަކު މާލޭގެ މޭޔަރަކަށް ގެނައުމަށް ލިިބިފައި މި އޮތް ފުރުޞަތު ނަގާ ނުލެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.