Advertisement

ފޮޓޯ: އެލައިޑް

04 Jan 2024
ޚަބަރު

އެލައިޑް "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ފައިސާގެ އެހީތެރިކަން 10 ތަނަކަށް

އެލައިޑް އިންޝުއަރެންސްގެ ސީއެސްއާރް "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ފައިސާގެ އެހީތެރިކަން ލިބޭ ފަރާތްތައް އިއުލާންކޮށްފިއެވެ.

އެލައިޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރިއަމް ފޯ ގުޑްގެ ދަށުން ކޮމިއުނިޓީ ފަންޑް ލިބޭ 4 ފަރާތަކާއި އެޑިއުކޭޝަން ފަންޑް ލިބޭ 6 ސްކޫލެއް އިއުލާންކޮށް، ވަނީ ފައިސާގެ އެހީތެރިކަން ހަވާލުކޮށްފައެވެ.

އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ހާއްސަކޮށްގެން ދޭ ކޮމިއުނިޓީ ފަންޑް ދެނީ ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، މިންތީގެ ހަމަހަމަކަމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގާ ޕްރޮޖެކްޓްތަކަށް ކުރިމަތިލާ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ ހަތަރު ޖަމިއްޔާއަކަށެވެ.

އެގޮތުން ކޮމިއުނިޓީ ފަންޑަށް ހޮވޭ ކޮންމެ ޖަމިއްޔާއަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީތެރިކަންދެއެވެ.

ކޮމިއުނިޓީ ފަންޑް ލިބޭ ޖަމިއްޔާތައް

- ނައިފަރު ޖުވެނައިލް

- މިލަންދޫ ސްޕޯޓްސް ކްލަބް

- ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާ

- ބްލޫ ގިލްޑް ފައުންޑޭޝަން

އެލައިޑުން ބުނީ، ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެ ކުންފުނިން ދޭ އެޑިއުކޭޝަން ފަންޑަށް މި އަހަރު ކުރިމަތިލީ 6 ސްކޫލަކުން ކަމަށާއި އެ ސްކޫލްތަކުން ހުށަހެޅި ޕްރޮޕޯޒަލްތަކުގައި ހުރީ މުހިންމު ކަންތައްތަކެއް ކަމަށް ފެންނާތީ އެ ހުރިހާ ސްކޫލަކަށްވެސް ފަންޑު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެޑިއުކޭޝަން ފަންޑް ދޭން ނިންމި ކޮންމެ ސްކޫލަކަށް 25،000 ރުފިޔާގެ އެހީއެއް ދޭނެއެވެ.

އެޑިއުކޭޝަން ފަންޑު ލިބޭ ސްކޫލްތައް

- ފޯކައިދޫ ސްކޫލު

- މާމެންދޫ ސްކޫލު

- ހިރިލަންދޫ ސްކޫލު

- ބ. އަތޮޅު އެޑިއުކޭޝަން ސެންޓާ

- މުހައްމަދު ޖަމާލުއްދީން ސްކޫލު

- މަދަރުސަތުލް އިފްތިތާހު

އެ ސްކޫލުތަކުން ހިންގަން ހުށަހެޅި ޕްރޮޖެކްޓުތަކުގެ ތެރޭގައި ލައިބްރަރީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ފޮތް ހޯދުމާއި ސްޓަޑީ ބެންޗު ހެދުމާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިންގާ ލިޓްރަސީ ޕްރޮގްރާމުތައް ހިމެނެއެވެ. މިއީ އެލައިޑުން "ޕްރިމިއަމް ފޯ ގުޑް" ފަންޑު ހިންގާ ދެވަނަ އަހަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.