Advertisement

ނިލަންދޫ އެއާޕޯޓު އެޅުމުގެ ސާރވޭ އާއި އީއައިއޭ ހެދުމުގެ އެއްބަސްވުމުގައި ސޮއެކުރުމުގެ ރަސްމިއްޔާތުގެތެރެއިން ---

04 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފ. ނިލަންދޫ އެއާޕޯޓް އެޅުމަށް އީއައިއޭ ހެދުމާއި ސާވޭ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ފ. ނިލަންދޫ އެއާޕޯޓް އެޅުމަށް އީއައިއޭ ހެދުމާއި ސާވޭ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއެކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯމާލަމްގައެވެ. 

އެއްބަސްވުމުގައި، އެމްޑީސީސީގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ ޢަބުދުﷲ ޒިޔާދެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ތޮއާމްއެވެ.

މިއެއްބަސްވުމުގައި ސޮއެކުރުމުގެ ރަސްމިއްޔާތަށްފަހުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ފ. ނިލަންދޫ އެއާޕޯތްގެ މަސައްކަތަކީ މިއަހަރަށް ސަރުކާރުން ބަޖެޓްކޮށްފައިވާ މަޝްރޫޢެއް ކަމަށެވެ. މިގޮތުން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ ނިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

" އެއާޕޯތް އެޅުމަށް ބިން ހިއްކާއިރުގައި އަޅުގަނޑުމެން އެންމެ ފުރަތަމަ އެތާނގެ ސާވޭ ހަދާފައި އަޅޫގަނޑުމެންނަށް ޙަޤީގަތުގައި އެތަނުގެ ޢަމަލީ މަސައްކަތް ދާނެ އަގެއް ކަނޑައެޅޭނީ. އެހެންވީމާ އަގެއް ހޯދުމުގެ ބޭނުމުގައި ފުރަތަމަ އަޅުގަނޑުމެން މިކުރާ ކަމަކީ ސާރވޭ ކުރުން. އަދި ހަމަ އެއާއިއެކުގައި އެމަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހެދުން."

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް

މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، އެމަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރެވުނު ނަމަވެސް އެއަށް ވުރެ އަވަހަށް، ނިމިއްޖެކަމުގައި ވާނަމަ، އެއާޕޯޓު އެޅުމުގެ ކޮންޓްރެކްޓްގައި ސޮއެކުރެވި، ޢަމަލީ މަސައްކަތްވެސް ވީހާ އަވަހަކަށް ފެށިގެންދާނެ ކަމަށެވެ.

ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް އެންމެ ފުރަތަމަ ޢިއުލާނުކުރީ ރައީސް ޔާމީނުގެ ސަރުކާރުގައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން ޢަމަލީ ގޮތުން އެއްވެސް މަސައްކަތެއް އެސަރުކާރުގައި ކުރެވިފައެއް ނުވެއެވެ. 

ނިލަންދޫގައި އެއާޕޯޓެއް އެެޅުމަށް މިސަރުކާރުން ނިންމާފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ވަނީ، ފ. މަގޫދޫފައި އެއާޕޯޓެއް އަޅާފައެވެ. އަދި އެއާޕޯޓުގެ މަސައްކަތް މިހާރު އޮތީ މުޅިން ނިމުމަކާއި ހަމައަށް ގޮސްފައެވެ. ސަރުކާރު ބަދަލުވުމަށްފަހުގައި ކަނޑައެޅިފައި އޮތް ޕްލޭނާއި އެއްގޮތަށް މަސައްކަތް ދިޔަ ނަމަ މިޖެނުއަރީ މަހުގެ ތެރޭގައި މަގޫދޫ އެއާޕޯޓަށް، ޓެސްޓް ފްލައިޓްތައް ޖައްސަން ފެށޭނެއެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތްވެސް ސަރުކާރުް ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާއެވެ. ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް މިސަރުކާރުން ނިންމައި މަސައްކަތް ފަށާފައި ވާއިރު، މަގޫދޫ އެއާޕޯޓާއި ނިލަންދޫ އާއި ދެމެދުގެ ދުރުމިނަކީ، 5.23 މޭލެވެ. އެއީ އާދައިގެ ސްޕީޑް ލޯންޗެއްގައި ނަމަ 8 މިނިޓްގެ ދަތުރެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.