Advertisement

ބެއިރޫތަށް ދިން ހަމަލާގައި ޝަހީދުކޮށްލި ހަމާސްގެ ޑެޕިއުޓީ ލީޑަރު ސާލިހް އަލް އަރޫރީ --

03 Jan 2024
ދުނިޔެ
ޢަލީ ސުލައިމާން

އިޒްރޭލުން ބެއިރޫތަށް ހަމަލާދީ ހަމާސްގެ އިސް ލީޑަރަކާއި އިތުރު ހަތަރު މީހުން ޝަހީދުކޮށްލައިފި

ހައްދު ފަހަނައެޅި ސަޙްޔޫނީ ދައުލަތް އިޒްރާއީލުން، ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ހުންނަ ހަމާސްގެ އޮފީސް ހުންނަ އިމާރާތަށް ޑްރޯން ހަމަލާއެއްދީ، ހަމާސްގެ އިސްލީޑަރަކާއި، އިތުރު ހަތަރު މީހަކު ޝަހީދުކޮށްލައިފިއެވެ.

ލުބުނާނުގެ ސިޔާދަތީ ސަރަހައްދުގެ ތެރެއަށް، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އިޒްރާއީލުން މިހަމަލާދީފައި ވަނީ، ބޭރު ޤައުމުތަކުގައި ތިބި ހަމާސްގެ އިސްލީޑަރުންނަށް ހަމަލާތައް ދޭނެކަމުގެ އިންޒާރުތައް ދިނުމަށްފަހުގައެވެ.

އިޒްރާއީލުން ދިން ހަމަލާގައި ޝަހީދުކޮށްލާފައި ވަނީ ޙަމާސްގެ ދެވަނައަށް އެންމެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ، ސާލިހް އަލް އަރޫރީއެވެ. އަރޫރީއަކީ، ހަމާސްގެ އަސްކަރީ ގޮފި، ޤައްސާމް ބްރިގޭޑްސް އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރެއްވި، އަދި ހަމާސްގެ އަސްކަރީ ކަންކަން ރާވައި ހިންގުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

މިއީ އިޒްރާއީލުން ޣައްޒާއާ ދެކޮޅަށް އިޒްރާއީލުން ފެށި ހަނގުރާމައިގެ ތެރޭގައި، އިޒްރޭލުން ބެއިރޫތަށް ހަމަލާދިން ފުރަތަމަ ފަހަރެވެ. އަދި އިޒްރޭލުގެ މަޤުޞަދަކީ، ލުބުނާނުގެ ހަނގުރާމައިގެ ތެރެއަށް ރަސްމީކޯށް ވެއްދުންތަކުގައި، ލުބުނާނު ސަރުކާރުން އެ ހަމަލާކުއްވެރިކުރުމަށްފަހު ވަނީ ބުނެފައެވެ.

އިޒްރާއީލުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމާސްގެ މުޖާހިދުން އޮކްޓޫބަރު 7 ވަނަ ދުވަހު ދިން ހަމަލާތަކާއި ގުޅިގެން އިޒްރޭލުން މުޅި ޣައްޒާ ދަނީ ފުނޑުފުނޑުކޮށްލަމުންނެވެ. މިހާތަނަށް އިޒްރާއީލުން ޣައްޒާއަށްދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްޠީނުގެ މީހުންގެ އަދަދު ވަނީ، ބާވީސް ހާހަށް އަރާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.