Advertisement

ވޭން ރޫނީ

02 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ރޫނީ ވަޒީފާއިން ވަކިކޮށްފި

އިނގިރޭސިވިލާތުގެ "ޗެމްޕިއަންޝިޕް" ނުވަތަ ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ބާމިންގްހަމް ސިޓީއަށް ކޯޗުކޮށްދެމުން އަންނަ ވޭން ރޫނީ އޭނާގެ ވަޒީފާއިން ވަކިކޮށްފިއެވެ.

މިކަން އިއުލާން ކުރުމަށް އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން، ރޫނީއާއެކު އެ ޓީމުން ކުރި އުއްމީދުތަކާ އެއްގޮތަށް ކަންތައްތައް ކުރިޔަށް ގޮސްފައިނުވާތީ، ކުލަބަށް އެންމެ ފައިދާ ހުރި ގޮތަކީ ކުލަބުގެ މެނޭޖުމެންޓް ބަދަލުކުރުމެވެ.

ކުލަބުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން، އައު ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރުވަނީ އެ ކުލަބުން ފަށާފައެވެ.

މީގެ 83 ދުވަސް ކުރިން ބާމިންގްހަމް ސިޓީގެ ކޯޗަކަށް ރޫނީ އައްޔަން ކުރިފަހުން، އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 15 މެޗުގެ ތެރެއިން 9 މެޗުން ވަނީ ބަލިވެފައެވެ.

ރޫނީގެ ވަޒީފާ މި ގެއްލުނީ، ރޭގައި ލީޑްސް ޔުނައިޓެޑާ ބައްދަލުކުރި މެޗުން 3-0 އިން ބަލިވެފައި ވަނިކޮށެވެ. މި ނަތީޖާއާއެކީ ގިނަ ސަޕޯޓަރުންތަކެއް ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ.

ރޫނީގެ ކޯޗިން ކެރިއަރު ފަށާފައިވަނީ 2020 ވަނަ އަހަރު ޑާބީ ކައުންޓީއިންނެވެ. އެ ކުލަބުގައި ފުރަތަމަ ދުވަސްކޮޅު ރަގަޅު ނަތީޖާތަކެއް ނެރެވުނު ނަމަވެސް، ޓީމުގެ ކުޅުން ފަހުން ވަރަށް ބޮޑުތަން ދަށްވެގެން ދިޔައެވެ. އަދި ޖެހިގެން އައި ސީޒަންގައި އެ ޓީމު ވަނީ "ލީގު ވަން" ނުވަތަ އެ ގައުމުގެ ތިން ވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ.

އެއަށްފަހު 2022 ވަނަ އަހަރު އޭނާ ހަވާލުވެފައިވަނީ އެމެރިކާގެ ކްލަބެއް ކަމުގައިވާ ޑީސީ ޔުނައިޓެޑާއެވެ. ރޫނީއާއެކު އެ ޓީމަށް 14 މެޗުން ހޯދުނީ 9 ޕޮއިންޓެވެ. އަދި އެ ޓީމަށް ލީގު ނިންމާލަން ޖެހުނީ ފުލުގައެވެ.

އެއަށްފަހު ރޫނީ ބާމިންގްހަމް ސިޓީއާއި ހަވާލުވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.